ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެންކޮކުގެ ހޮސްޕިޓަލަކާއިއެކު އާސަންދައިން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި

ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ބެންކޮކް ޕޯސްޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންނަށް ލިބޭ ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ބެންކޮކުގެ މަގުބޫލު ހޮސްޕިޓަލަކާއިދެމެދު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

ބެންކޮކުގެ ނޫސްތަކުން ބުނާގޮތުން ރާއްޖޭގެ ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އާސަންދަ ކުންފުންޏާއި އެ ގައުމުގެ ތައިނަކަރިން ހޮސްޕިޓަލާއި ދެމެދުގައިކަމަށެވެ. އަދި މިއީ އެ ގައުމަށް ޒިޔާރަތްކޮށް ހިދުމަތްތައް ލިބިގަތުމަށް އެދޭ ރައްޔިތުންނަށް އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްކަމަށެވެ.

މި މަސައްކަތްތަކަކީ މެޑިކަލް އިންޓަރނޭޝަނަލް މާކެޓިންގް ކޮންސަލްޓަންޓެއްގެ އެއްބަރުލުމާއިއެކު އިންތިޒާމުކުރެވުނު ކަމެއްކަމަށްވެސް ނޫހުން ފާހަގަކުރާއިރު، ބައްދަލުވުމުގައި ހޮސްޕިޓަލުގެ އެގްޒެކިއުޓިވް ބޯޑު މެމްބަރުން ޝާމިލުވިކަމަށެވެ. އެގޮތުން ޖެނަރަލް ސާޖަރީއާއި ސާޖިކަލް އޮންކޯލޮޖީއަށް ހާއްސަ ޑޮކްޓަރަކާއި އެ ކުންފުނީގެ އޯވާސީސް މެނޭޖަރުވެސް ބައްދަލުވުމުގައި އިންނެވިކަމަށާއި ޓީމުންވަނީ ހޮސްޕިޓަލުގެ ފަރުވާ ދިނުމުގެ ގާބިލުކަން ހުރި މިންވަރާއި، ޒަމާނީ ވަސީލަތްތަކުގެ އިތުރުން އެ ހޮސްޕިޓަލުން ގެންގުޅޭ އީޖާދީ ވަސީލަތްތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިކަމަށެވެ.

އާސަންދައިގެ ފަރާތުން އެ ކުންފުނީގެ އެގްޒެކިއުޓިވް ބޯޑު މެމްބަރުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއިރު، ހޮސްޕިޓަލުގެ މެމްބަރުންނަށް އާސްންދައިން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: