ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުތު އޭޝިއަން ބިޒްނަސް އެކްސްސެލެންސް އެވޯޑްސް 2024ގެ މުހިންމު ދެ އެވޯޑެއް އެމްޕީއެލްއަށް!

އެމްޕީއެލްއަށް ލިބުނު އެވޯޑް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިޔަފާރި ކުންފުނިތަކަށް ހާއްސަކޮށްގެން ދެކުނު އޭޝިއާގެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް އެވޯޑު ކަމަށްވާ ”ސައުތު އޭޝިއަން ބިޒްނަސް އެކްސްސެލެންސް އެވޯޑްސް 2024“ ގެ މުހިންމު ދެ އެވޯޑެއް މޯލްޑިވްސް ޕޯސްޓް ލިމިޓަޑް (އެމްޕީއެލް) އަށް ލިބިއްޖެއެވެ.

އިންޑިއާގެ ނިއުދިއްލާގައި މިމަހުގެ 29 ވަނަ ދުވަހު އޮތް ސައުތު އެޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑްސް ދިނުމުގެ ހަފްލާގައި އެމްޕީއެލްއަށް ލުބުނީ ”އިނޮވޭޓިވް ލާރނިންގ އެންޑް އޯގަނައިޒޭޝަނަލް ޑިވޮލޮޕްމެންޓް ޕްރެކްޓިސް“ އެވޯޑާއި ”އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން“ އެވޯޑެވެ. އެގޮތުން އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން“ އެވޯޑަކީ އެމްޕީއެމްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކުންފުންޏަށް ލިބިފައިވާ އެވޯޑެކެވެ.

ދެކުނު އޭޝިޔާގެ ވިޔަފާރި ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި އެވޯޑް ހަފްލާގައި އެމްޕީއެލްއަށް ދެ އެވޯޑު ލިބިފައިވަނީ ދެނުކު އޭޝިޔާ ސަރަހައްދުގެ ހަތް ގައުމަކަށް ނިސްބަތްވާ ކުންފުނިތަކާއި ވާދަކޮށްގެނެވެ. މިއީ ދެކުނު އޭޝިޔާގެ ވާދަވެރިކަން ބޮޑު ވިޔަފާރީގެ މާކެޓެއްގައި ވިޔަފާރި ފުޅާކުރުމާއި ތަރައްގީ ކުރުމާއި ޒަމާނީ ކުރުމަށް ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ފަނޑިޔާރުންގެ ފެނަލްއަކުން ކުންފުނިތަކުގެ ޕާފޯމަންސް އިވެލުއޭޓް ކުރުމަށްފަހު ދޭ އވޯޑްތަކެކެވެ. އެގޮތުން ތަފާތު 17 ދާއިރާއަކުން އެންމެ ކުރިއަރަމުން އަންން ފަރާތަށް ފާހަގަކޮށް އެވޯޑްތައް ދީފައިވެއެވެ.

އެމްޕީއެލްއަށް އިނޮވޭޓިވް ލާރނިންގ އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމެންޓް އެވޯޑް ލިބުނީ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުތައް ދިނުމަށް ކުރަމުންދާ ތަފާތު ގިނަގުނަ މަސައްކަތްތައް ފާހަގަކޮށްފައެވެ. އެގޮތުން މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ތަނަވަސްކުރުމަށް އެމްޕީއެލްގެ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް މެދުވެރިކޮށް އެންމެ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ތަނަވަސްކުރުމަށް އެމްޕީއެލްގެ ލާރނިންގ އެންޑް ޑިވެލޮޕްމެންޓް ޑިޕާޓްމަންޓް މެދުވެރިކޮށް ކޮންމެ އަހަރަކުވެސް ގިނަ ކޯސްތަކާއި ތަމްރީނުތައް ހިންގުމާއި އަދި އެޕްރެންޓިސް ޕްރޮގްރާމްތަކާއި އިންޓަރންޝިޕް ޕްރޮގްރާމްތައްވެސް ހިންގުން ހިމެނެއެވެ.

މީގެއިތުރުން މިއަހަރު ކުރީކޮޅު މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް އެއް އެމްޕީއެލްއިން ވަނީ ބާއްވާފައެވެ. މިއީ މެރިޓައިމް ދާއިރާގެ ބައިނަލްއަގްވާމީ ކޮންފަރެންސްއެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. ހަމައެއާއިއެކު ޔޫއެން ޓްރޭޑް އެންޑް ޑިވެލޮޕްމެންޓާއި ގުޅިގެން އެމްޕީއެލްއިން ވަނީ މޮޑާރން ޕޯޓް މެނޭޖްމަންޓަ ކޯލެއްވެސް މިއަހަރުގެ ތެރޭގައި ފަށާފައެވެ.

އެމްޕީއެލްއިން އަންނަނީ ވިޔަފާރި ފުޅާކޮށް، އާ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ގިނަގުން މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ”އިނޮވޭޓިވް ބިޒްނަސް ތްރާންސްފޮމޭޝަން“ އެވޯޑް އެމްޕީއެލްއަށް ލިބުނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވިޔަފާރި ފުޅާކުރުމާއި އާމްދަނީ އިތުރުކުރުމަށް ކުންފުނިން ކޮށްފައިވާ ގިނަ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުންނެވެ. އޭގެ ތެރޭގައި މުޅިން އާ ދާއިރާއެއްގެ ގޮތުގައި ސީ-ޓު-އެއަރ ކަރގޯގެ ހިދުމަތް ފެށުމާއި އިތުރު މެރިޓައިމް ސަރވިސަސް (ޔޫއެމްއެސް) ގެ ހިދުމަތްތައް ތައާރަފްކުރުން ހިމެނިގެންދެއެވެ. މި އެވޯޑަކީ ސައުތު އޭޝިއަން ބިޒްނަސް އެކްސެލަންސް އެވޯޑްސްގެ ”ސްޕެޝިއަލް ކެޓަގަރީ“ގެ ތެރޭގައި ހިމެނޭ އެވޯޑެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: