ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ބްރެޒިލް މީހަކު ހައްޔަރުކޮށް ބަންދަށް

ކްރިމިނަލް ކޯޓު އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ބްރެޒިލްގެ މީހަކު ހައްޔަރުކޮށް އޭނާ ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 44 އަހަރުގެ ބްރެޒިލް މީހެކެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް، ގެންގުޅެ ވިޔަފާރި ކުރުމުގެ ކުށުގެ ތުހުމަތެވެ. އެގޮތުން އޭނާ މަސްތުވާތަކެތި އެތެރެކޮށްފައިވަނީ ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެންކަމަށް ތުހުމަތު ކުރެވެއެވެ.

އޭނާގެ ހަށިގަނޑުގެ އެތެރެއިން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ 107 ބުލެޓު ފެނިފައިވާއިރު، އެތަކެތީގެ ވަގުތީ ބަރުދަނުގައި 1 ކިލޯއަށްވުރެ ގިނައިން ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 27 ޑިސެމްބަރުގައެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ޤަރީނާ ހުށަހެޅިފައިވެއެވެ. އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައްސަލަ ޙަވާލުކުރާ ފޯމާއި، ސީޓީ ސްކޭން ރިޕޯޓުގެ އިތުރުން، ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، މަސްތުވާތަކެތީގެ މަންޒަރު ފެންނަ ފޮޓޯ ރިޕޯޓާއި އިތުރު ހެކި ޤަރީނާ ހުށަހެޅިފައިވެއެވެ.

އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އެގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ބޮޑު ކުށެއްކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ އާއިޝަތު ނުޒުހާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: