ކަނޑުމަތިން ބެހިގެންދިޔަކަމަށް ބެލެވޭ ސޯމާލިޔާ ބަޔަކު ފުވައްމުލަކަށް ގެނެސްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ، ކަނޑުމަތިން ބެހިގެން ދިޔަކަމަށް ބެލެވޭ ސޯމާލިޔާ ބަޔަކު މިއަދުގެ ވަގުތެއްގައި ފުވައްމުލަކަށް ގެނެސްފައިވާތީ ފުލުހުން ޙަރަކާތްތެރިވަމުންދާ ކަމަށެވެ.
އެކަމާ ގުުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ފުވައްމުލަކު ސިޓީ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ޝައްކު ކުރެވޭ ޑިންގީއެއް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބަރ ޕެޓްރޯލުން އެ ސަރަހައްދަށް ގޮސް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

