ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުގެ އާންމު ބައްދަލުވުމެއް ބާއްވާ މުހިންމު ނިންމުންތަކެއް ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުގެ އާންމު ބައްދަލުވުމެއް ބާއްވައި، މުހިންމު ނިންމުންތަކެއް ނިންމައިފިއެވެ.

ދިރާގުގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އޮންލައިންކޮށް ކުރިއަށް ގެންދިޔަ އިރު، ފަހިވޯޓް ޕްލެޓްފޯމް މެދުވެރިކޮށް ކާމިޔާބުކަމާއެކު ވަނީ ފުރިހަމަކޮށްފައެވެ. މި ބައްދަލުވުން ޗެއާ ކުރެއްވީ ދިރާގުގެ ޗެއާޕާސަން ޑރ. އަހުމަދު އަބްދުއްރަހްމާނެވެ.

މި ޖަލްސާގައި 19 ހިއްސާދާރުން (16 ހިއްސާދާރުންނާއި ޕްރޮކްސީއިން ތަމްސީލުކުރާ 3 ހިއްސާދާރުން) ވަނީ ރަޖިސްޓްރީކޮށްފައެވެ. އާންމު ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލާފައިވަނީވޯޓު ދެއްވި މެންބަރުންގެ އަޣުލަބިއްޔަތުން ހުށަހެޅި ހާއްސަ ދެ ގަރާރު ވެސް ފާސްކުރުމަށް ފަހުގައެވެ.

ފާސް ކުރި ދެ ގަރާރަކީ
• އެސޯސިއޭޝަންގެ މާއްދާތަކަށް އިސްލާހު ގެނައުމަށް ހާއްސަ ގަރާރެއް.
• މެމޮރެންޑަމް އޮފް އެސޯސިއޭޝަނަށް އިސްލާހު ގެނައުމަށް ހާއްސަ ގަރާރެއް.

އަހަރީ ބައްދަލުވުމުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވަނީ މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި ދިރާގުގެ މާލީ ހާލަތު ރަނގަޅުވުމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިއްސާކުރައްވާފައެވެ. ތިންވަނަ ކުއާޓަރު ނިމުނުއިރު އެ ކުންފުންޏަށް 129 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 6.6 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުމަކީ ވިޔަފާރީގެ މައިގަނޑުތައް ތަންފީޒުކޮށްގެން ހޯދި ކުރިއެރުންތަކެވެ.

އަދި ސަބްމެރިން ކޭބަލް ސިސްޓަމް ކާމިޔާބުކަމާއެކު ރާއްޖޭގައި ގާއިމު ކުރެވުމަކީ ބައިނަލްއަގްވާމީ އިންޓަނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކާ ސީދާ ރާއްޖެ ގުޅުވައި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކާމިޔާބީއެއްކަން ފާހަގަކުރެއްވިއެވެ.

އިސްމާއިލް ރަޝީދުގެ ވާހަކައިގައި ދިރާގުގެ ފައިބަރ ޓު ދަ ހޯމް (އެފްޓީޓީއެޗް)ގެ ޚިދުމަތް، ތިންވަނަ ކުއާޓަރު ނިމުމުގެ ކުރިން ރާއްޖޭގެ 98 އިންސައްތަ ގޭބިސީއަށް ފޯރުކޮށްދެވިފައިވާކަން ފާހަގަކުރައްވަފައިވެއެވެ. ޑިޖިޓަލް ކޮމިއުނިޓީތައް ބާރުވެރިކުރުވުމަށް ދިރާގުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމަށް ދިރާގުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ހެއްކެއްގެ ގޮތުގައި އޮކްލާއިން ޖެހިޖެހިގެން ތިން ވަނަ އަހަރަށް ”ރާއްޖޭގެ އެންމެ އަވަސް މޮބައިލް ނެޓްވޯކް“ ގެ ގޮތުގައި ބަލައިގަތުމުން މިކަން އިތުރަށް ޔަގީންވެގެން ދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: