ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީން ފަސް ލެޕްޓޮޕް ގެއްލުނު މައްސަލައެއް؛ ތުހުމަތުކުރެވޭ މީހާ ހައްޔަރުގައި!

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޮފީސް އިމާރާތް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) 5 ލެޕްޓޮޕް ވަގަށް ނަގައިފައިވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެޗްޑީސީން 5 ލެޕްޓޮޕެއް ވަގަށް ނަގާފައިވާ ކަމަށް މިއަދު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް އެ ހިދުމަތުން ވަނީ ބުނެފައެވެ.

މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހުރީ، ފުލުހުންގެ ބަންދުގަ އެވެ. އެކަމަކު އެއީ ފުލުހުން ބުނި ގޮތުގައި މަސްތުވާތަކެތީގެ މައްސަލައެއްގަައި ހައްޔަރު ކުރި މީހެކެވެ.

އެޗްޑީސީގެ ގިނަ މައްސަލަތަކެއް ފެން މަތިވެފައިވާއިރު އެޗްޑީސީ އާއި ގުޅިގެން މީގެކުރިން ފުލުހުން ބަލަމުން އަންނަީ ޑޮކިއުމަންޓް ފޯޖުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްކަމަށް ފުލުހުން ބުނެފައިވެއެވެ. 18 ވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ އެޗްޑީސީއަށްވެސް ވަދެފައެވެ. އެއީ އެޗްޑީސީގެ އިސް ވެރިންތަކެއް ހިމެނޭހެން ބިންވެރިޔާ ސްކީމްގެ ބޭރުން އަމިއްލަ މަސްލަތު އޮތް ފަރާތްތަކަށް ބިންތަކެއް ވިއްކިކަމަށް ތުހުމަތު ކުރެވިފައިވަނިކޮށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. މިއީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އަމިއްލައަށް އިސްވެ ފަށާފައިވާ ތަހުގީގެއްކަމަށް ބުންޏެވެ. މި މައްސަލައިގެ ތަހުގީގު ވަކި ގޮތަކަށް ނިމެންދެން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުގެ އިތުރުން ބޯޑު މެމްބަރުން މިހާރު ވަނީ ސަސްޕެންޑުކޮށްފައި ވަނިކޮށް ކުންފުނީގެ އެމްޑީ ވަނީ އިސްތިއުފާ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: