ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުގެ ވާހަކަ ދައްކާނެ، ރައްޔިތުންނަށް ހަގީގަތް އެނގެން ޖެހޭ: އައިފާން

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުގެ ވާހަކަ ނުދައްކާން ބުނި ނަމަވެސް އެމްޑީޕީގެ ސަރުކާރުގައި ކަންކަން ކޮށްފައިވާގޮތް އެންމެންނަށް ވެސް އެގެން ޖެހޭ ކަމަށާއި އެވާހަކައަކީ އަބަދުވެސް ދައްކަން ޖެހޭ ވާހަކައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހްމަދު އައިފާން ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަލްސާގައި އައިފާން ވިދާޅުވީ މި ގައުމު ލޫޓުވާލާއި އަނދަވަޅަށް ވައްޓާލި މީހުންގެ ވާހަކަ ރައްޔިތުންގެ ގާތު ބުނަން ޖެހޭ ކަމަށާއި އަދި ކުރިއަށް އޮތް ޖީލުތަކަށް ވެސް ކިޔައިދޭން ޖެހޭ ކަމަށެވެ. އައިފާން ވިދާޅުވީ މިއަދު ރައީސް ޑރ. މުއިއްޒު ހަވާލުވެ ވަޑައިގެން ހުންނަވަން ޖެހުނީ ތޮށިގަނޑަކާއި ކަމަށެވެ. ރައީސް ކުރައްވަމުން އެ ގެންދަވާ މަސައްކަތަކީ ރާއްޖެ ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތް ކުރުމަށް ކުރާން ޖެހެފައިވާ މަސައްކަތް ކަމަށް އައިފާން ވިދާޅުވިއެވެ.

އެމްޑީޕީން ވެރިކަން ނިންމާލައި 2023 ވަނަ އަހަރު ގެޔަށް ދިޔައިރު ރާއްޖޭގެ އެއްވެސް ތަނެއްގައި ތަރައްގީގެ މަޝްރޫއެއް ނުހިނގާ ކަމަށް އައިފާން ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަން ނިމުނުއިރު ޖީބަށް ލުއި ލިބިގެން ދިޔައީ ކޮންރައްޔިތެއްގެ ތޯ އައިފާން ވަނީ ސުވާލު އުފައްދާފައެވެ.

”އަޅުގަނޑުމެން މިއަދު އެމްޑީޕީގެ މެމްބަރުންނާއި އެބަޖެހޭ ސުވާލު ކުރަން، ތިބޭފުޅުން ގައުމުގެ މާލިޔަތު ހުސްކޮށްލާފައި ދިޔައިރު މިހާ ބޮޑު ހޭދައެއް ކޮށްފައި ދިޔައިރު ތަރައްގީއަށް ކުރީ ކޮންކަމެއްތޯ، މިވާހަކަތައް އެބަޖެހޭ ދައްކަން. މި ފައިސާ ހަރަދު ކުރި ގޮތެއް، މި ފައިސާ ވައިން ތަނެއް، ފައިސާއަށް ހެދިގޮތެއް އެބަޖެހޭ އަޅުގަނޑުމެން ބަލަން“

އައިފާން ވިދާޅުވީ އެމްޑީޕީއަށް ހީވެފައި އޮތީ ރައްޔިތުން ހަނދާން ނެތިފައި ތިބި ކަމަށާއި އެހެން ނަމަވެސް ކަން އޮތީ އެހެން ނޫން ކަމަށާއި، މިގައުމު މި ހާލަތަށް ވައްޓާލީ އެމްޑީޕީން ކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ. ރައީސް ޑރ. މުއިއްޒަޚި ރާއްޖޭގައި އެއްވެސް ވެރިއަކަށް އަޅަން ނުކެރުނު ”ގަޓު“ ލީޑަރެއްކަން މިއަދު ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ކަމަށް އައިފާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: