ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން ހޮސްޕިޓަލްތަކަށްވަދެ ބަލި މީހުން މަގުމަތިކުރަނީ!

އައިޑީއެފްއިން ޣައްޒާގައި ހަރަކާތްތެރިވާ މަންޒަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާގެ ހޮސްޕިޓަލަކަށް އިސްރާއީލުގެ ސިފައިންވަދެ އެތަނުގައި ތިބި ބަލި މީިހުންނާއި ޑޮކްޓަރުން މަގުމަތިކޮށްފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ ޣައްޒާގައި ސުންނާފަތި ނުވެ ހުރި މަދު ހޮސްޕިޓަލްތަކުން އެއް ހޮސްޕިޓަލަށް ގަދަބާރުގެ ބޭނުންކޮށްގެން ވަދެގަނެފައެވެ. އަދި އެތަނުގައި ތިބި ގިނަ އަދަދެއްގެ މުއައްޒަފުންނާއި ބަލި މީހުންނަށް ފިނި ދުވަސްވަރުގެ ދަތިތަކާއި ކުރިމަތިލާން މަޖުބޫރުކޮށްފައިވާކަމަށް އެ ސަރަހައްދުގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ އެތަނުގައި ހުޅުޖެހުމަށް ވަތްކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައިކަމަށްވާއިރު ހަމާސްއިން އެތަން މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުންދާކަމަށް ތުހުމަތުކޮށްފައިވެއެވެ.

ނޫސްތަކުން ބުނާގޮތުން ކަމާލް އަދްވާން ހޮސްޕިޓަލަށް ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އެތައް ފަހަރެއްގެ މަތިން އިސްރާއީލުގެ ހަމަލާތައް އަމާޒުވެފައިވާކަމަށެވެ. އަދި އެ މީހުން ކޮންމެ ފުރުސަތެއްގައިވެސް އެތަނުގައި ހަމާސް ޖަމާއަތުން ހަރަކާތްތެރިވަމުން އަންނަކަމަށް ތުހުމަތުކޮށްފައިވާކަމަށް މުއައްޒަފުންގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމަށެވެ. މީގެ ދުވަސްތަކެއް ކުރިން އެ ހޮސްޕިޓަލަށް އަމާޒުކުރި ހަމަލާއެއްގައި ސިއްހީ ހިދުމަތްތެރިންވެސް ޝަހީދުވެފައިވެއެވެ.

އިސްރާއިލުގެ އަސްކަރިއްޔާއިން ބުނާގޮތުން އެމީހުން ކުރަމުންދަނީ ހަމާސްއިން ޣައްޒާގައި ގާއިމުކޮށްފައިވާ ނިޒާމު ބަލިކަށިކޮށްލުމުގެ މަސައްކަތްތަކެވެ. އަދި ހޮސްޕިޓަލުން އާންމުން ނުކުތުމަށް އެންގީ އެ ސަބަބާއި ގުޅިގެންކަމަށެވެ. އެހެންނަމަވެސް މިފަހުން ތުހުމަތުކުރާ ފުރުސަތުގައި ވަދެފައިނުވާކަމަށެވެ. ނޫސްތަކުން ބުނާގޮތުން ތަކުރާރުކޮށް އެ ހޮސްޕިޓަލްގައި ހަމާސްއިން ހަރަކާތްތެރިވާކަމަށް އެ ގައުމުން ބުނަމުން އައިސްފައިވާއިރު މިހާތަނަށް އެކަމުގެ އެއްވެސް ހެއްކެއް ދެއްކިފައިނުވާކަމަށެވެ. ހޮސްޕިޓަލުގެ އޮފިޝަލުންވެސްވަނީ އިސްރާއިލުގެ ތުހުމަތުތައް ސާފުކޮށް ދޮގުކޮށްފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މީޑިއާތަކަށް ހާމަކުރިގޮތުން އިސްރާއީލުގެ ސިފައިންވަނީ މުއައްޒަފުންނާއި ބަލި މީހުން އެ ހޮސްޕިޓަލްގެ ގޯތިތެރެއަށް ނެރި އަންނައުނު ބޭލުމަށް މަޖުބޫރުކޮށްފައެވެ. ބައެއް މީހުން ވަކިތަނެއް ހާމަނުކޮށް އެހެން ސަރަހައްދުތަކަށް ގެންދިޔަކަމަށްވެސް މައުލޫމާތު ދީފައިވާއިރު މިފަހުން އިސްރާއިލުގެ ހަމަލާއެއްގެ ތެރޭގައި ހުއްޓުމަކަށް އައިސްފައިވާ އިންޑޮނީޝިއާގެ ހޮސްޕިޓަލަކަށް ބައެއް ބަލި މީހުން ގެންދިޔަކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: