ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ގެ ތިންވަނަ ކުއާޓާއަށް ވުރެ މި އަހަރު މަސްވެރިކަމުގެ އުފެއްދުންތެރިކަން 44.9 އިންސައްތަ ދަށް: އެމްއެމްއޭ

މަސްވެރިކަން (ފޮޓޯ/ތ. ގުރައިދޫ މަސްވެރިން ފޭސްބުކް)
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ނިމިދިޔަ އަހަރުގެ ތިންވަނަ ކުއާޓާރއަށްވުރެ މި އަހަރު 44.9 އިންސައްތައިން ދަށްވެފައިވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިންވަނީ އެ މުއައްސަސާގެ ކުއާޓަރލީ އިކޮނޮމިކް ބުލެޓިންގައި ދިވެހިރާއްޖޭގެ އިގްތިސާދުގެ އެކި ދާއިރާތަކުގެ މަސައްކަތްތަކާއި ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާކޮށްފައެވެ. ޖުމުލަ ގޮތެއްގައި ގިނަ ދާއިރާތަކަކުން ކުރިއެރުންތައް ލިބިފައިވާކަމަށް ފެނިގެންދާއިރު މަސްވެރިކަމުގެ ސިނާއަތަށް ހީނަރުކަމެއް އައިސްފައިވާކަމަށް ރިޕޯޓުގެ މައުލޫމާތުތަކުން ދައްކައެވެ.

އެގޮތުން މަހުން މަހަށް އަންނަ ކުރިއެރުންތަކަށް ބަލާއިރު ނިމިދިޔަ އަހަރުގެ ތިންވަނަ ކުއާޓާރއަށްވުރެ މި އަހަރުގައި 44.9 އިންސައްތައިން މަސްވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް މަޑުޖެހިފައިވާކަމަށް ބުނެފައިވާއިރު ދެވަނަ ކުއާޓާރގައި ނިމިދިޔަ އަހަރާއި އަޅާ ބަލާއިރު 50 އިންސައްތައިން އުފެއްދުންތެރިކަން ދަށްވެފައިވާކަމަށް ދައްކައެވެ.

އެމްއެމްއޭއިން ބުނީ މަސް ޕްރޮސެސް ކުރާ ފަރާތްތަކުން މަސް ގަންނަ އަދަދުތައް ދަށްވެފައިވާކަމަށްވެސް އެއްކޮށްފައިވާ މައުލޫމާތުތަކުން ފެނިގެންދާކަމަށެވެ. އަދި ތިން ވަނަ ކުއާޓާގައި ރާއްޖެއިން މަސް ބޭރުކޮށްފައިވާ އަދަދުތައްވެސް ފާހަގަކުރެވޭ މިންގަނޑަކަށް ދަށަށް ގޮސްފައިވާކަމަށެވެ. އެގޮތުން ތިންވަނަ ކުއާޓާރގައި ޖުމުލަކޮށް ގަނެފައިވަނީ 5،662.9 މެޓްރިކް ޓަނުގެ މަސްކަމަށްވާއިރު މިއީ 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓާރއާއި ބަލާއިރު 53 އިންސައްތަ ނުވަތަ 6،403.2 މެޓްރިކް ޓަނުގެ ދަށްވުމެއްކަމަށް ވަނީ ބުނެފަ އެވެ.

ޖުމުލަގޮތެއްގައި މަސް ގަނެފައިވާ މިންވަރު މަދުވެފައިވަނީ ކަޅުބިލަ މަސް ގަނެފައިވާ އަދަދުތައް 63 އިންސައްތަ ނުވަތަ 5،656.1 މެޓްރިކް ޓަނުން ދަށްވެފައިވުމުންނާއި ކަންނެލި ގަނެފައިވާ އަދަދުތައް 26 އިންސައްތަ ނުވަތަ 777.4 މެޓްރިކް ޓަނުން ދަށްވެފައިވުމުންނެވެ. އެމްއެމްއޭ ވަނީ އާންމުކޮށް މަސް ގަންނަ އަގުތަކަށްވެސް ބަލާލާފައެވެ. އެގޮތުން ގަނޑުކޮށްފައިވާ ކަޅުބިލަ މަސް ކިލޯއެއް 14 ރުފިޔާގައި އެވަރެޖްކޮށް ހުރިއިރު ގަނޑުނުކޮށް ހުރި ކަޅުބިލަ މަހުގެ ކިލޯއެއް 16 ރުފިޔާއަށް އަރާކަމަށްވެއެވެ. އަދި 2023 ގެ ތިންވަނަ ކުއާޓާގައި ގަނޑުކޮށްފައިވާ ކަޅުބިލަ މަހުގެ ކިލޯއަކަށް އެވަރެޖްކޮށް 17.7 ރުފިޔާ ޖެހިފައިވާކަމަށް މައުޅޫމާތު ދިންއިރު ގަނޑުނުކޮށް 19.7 ރުފިޔާގައި ޖެހޭކަމަށް ބުނެފައިވެއެވެ.

ކަޅުބިލަމަހުގެ އިތުރުން ކަންނެލީގެ އަގުތައްވެސް ދަށްވެފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. އެގޮތުން ކުންފުނިތަކުން މަސްވެރިންގެ އަތުން މި އަހަރުގެ ތިންވަނަ ކުއާޓާގައި ކަންނެލި ކިލޯއެއް ގަންނަމުން އައިސްފައި ވަނީ 63.5  ރުފިޔާއަށްކަމަށާއި ނިމިދިޔަ އަހަރުގެ މި މުއްދަތަކުގައި ގަނެފައިވަނީ އެވަރެޖްކޮށް 81.8 ރުފިޔާއަށްކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: