ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖީދީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން މަޖީދީމަގުގެ އެކި ބައިތައް ބަންދުކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މަޖީދީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން އެކި ދުވަސްތަކުގެ މަތިން އެ މަގުގެ ސަރަހައްދުތައް ބަންދުކުރަން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މަޖީދީ މަގުގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރަން ޗާންދަނީ މަގާއި ރަށްދެބައި މަގާއި ހަމައަށް ޓްރެފިކް ފްލޯ އަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ދަނބުރުމަގުން ނިކަގަސްމަގާ ހަމައަށް މަގު ބަންދު ވާނެ ކަމަށް ކައުންސިލުން ބުންޏެވެ. އެއީ މާލެ ގްރޭންޑް ފްލެޓް ހުންނަ ސަރަހައްދެވެ. މާލޭގައި ބޯކޮށް ވާރޭ ވެހޭ ދުވަސްތަކުގައި މަޖީދީ މަގުގައި އެންމެ ބޮޑަށް ފެންބޮޑުވާނީ އެ ސަރަހައްދުގަ އެވެ.

ފެންބޮޑުވާ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށާފައި ވަނީ މިދިޔަ ހަފްތާ ތެރޭގަ އެވެ. އެންމެފަހުން ރާއްޖެއަށް ކުރި ވިއްސާރައިގައި އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ މާލެއަށެވެ. އެގޮތުން މާލޭގެ ބައެއް ގެއަށް ވަނީ ފެންވަދެ ވަގުތީ ބޯހިޔާވަހިކަމަށްވެސް ބަދަލުކޮށްފައެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އަކީ އަބަދުވެސް އޮންނަ މައްސަލައެކެވެ. އެ މައްސަލައަކީ އެތައް ދުވަހެއް ވަންދެން ހައްލެއް ލިބިފައިނުވާ މައްސަލައެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: