ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައިޑްބޮޑީ މަތިންދާބޯޓުން ރާއްޖެއަށް އިތުރު 60،000 ފަތުރުވެރިން އަހަރެއްގެ މައްޗަށް ގެނެވޭނެ: މޯލްޑިވިއަން

ޝެއާރކޮށްލާ ކަހަލަދޯ؟

ވައިޑްބޮޑީ މަތިންދާބޯޓުން ރާއްޖެއަށް އިތުރު 60،000 ފަތުރުވެރިން އަހަރެއްގެ މައްޗަށް ގެނެވޭނެ ކަމަށް މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މޯލްޑިވިއަންގެ ޑީއެމްޑީ އަލީ ސަލީމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މޯލްޑިވިއަންއިން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރާ ކަމަށެވެ. ރާއްޖެއަންނަ ފަތުރުވެރިން އެކި މަންޒިލްތަކަށް ފޮނުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ސަރުކާރުން ފަށާ މަޝްރޫއުގެ ތެރެއިން ވައިޑްބޮޑީ މަތިންދާބޯޓުން ރާއްޖެއަށް އިތުރު 60،000 ފަތުރުވެރިން އަހަރެއްގެ މައްޗަށް ގެނެވޭނެ ކަމަށެވެ. ޑީއެމްޑީ ވިދާޅުވީ އެއީ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ ކަމަށެވެ.

ޗައިނާފަދަ އާބާދީ ބޮޑު ރާއްޖެއާއި ގުޅުން އޮންނަ މަންޒިލަކަށް އައިލެންޑް އޭވިއޭޝަން މެދުވެރިކޮށް ސިދާ ދަރުތުތައް ފެށުމން ރާއްޖޭގެ ޓޫރިޒަމަށް އަންނަ ބަދަލަކީ ވަރަށް މުހިންމު ބަދަލެއް ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ މިކަމުގެ ސަބަބުން ކުދި ވިޔަފާރީތަކަށާއި ގެސްޓުހައުސް ތަކަށާއި އަދި މުޅި ޓޫރިޒަމް އިންޑަސްޓްރީއަށްވެސް ފައިދާ ކުރާނެ ކަމަށެވެ.

ސަލީމް ވިދާޅުވީ ”މޯލްޑިވިއަން“ މަސައްކަތް ކުރާނީ އަބަދުވެސް ގައުމީ އެއާލައިނެއްގެ ގޮތުގައި ރައްޔިތުންނާއި ގާތުން ކަމަށާއި، އަދި ރައްޔިތުންނަށް އެހީތެރިވެދޭ ވިޔަފާރިވެރިންނަށް އެހީތެރިވެދޭ ގައުމުގެ އިގްތިސާދަށް އެހީތެރިވެދޭ އެއާލައިނެއްގެ ގޮތުގައި ކަމަށެވެ. މިހާރުވެސް އެއާލައިންގައި ހުރި އެތައްކަމެއް ރަނގަޅުކުރަމުންދާ ކަމަށާއި މިހާރު ކުންފުނީގެ އެކި ކަންކަން ކުރަނީ ކުންފުނިން އަމިއްލައަށް ކަމަށް ސަލީމް ވިދާޅުވިއެވެ.

އެހެންނަމަވެސް ކުންފުނިން މަސްއްކަތް ކުރަނީ ރައްޔިތުންނަށް ރަނގަޅު ފައިދާއެއް ހޯދައިދެވޭތޯ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ރައްޔިތުން ކުރާ ހޭދައެކޭ އެއްވަރަށް ފައިދާއެއް ރައްޔިތުންނަށް ހޯދައިދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: