ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއްޒުއްދީން ފާލަމުގެ މަސައްކަތް ކުރިއަށް ދަނީ މެދެނުކެނޑި 24 ގަޑިއިރު : އެމްޓީސީސީ

އިއްޒުއްދީން ފާލަމުގެ މަސައްކަތް--- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟
އިއްޒުއްދީން ފާލަމުގެ މަސައްކަތް މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާ ކަމަށާއި، ކައިރި މުސްތަޤުބަލެއްގައި މަސައްކަތް ނިމޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ފާހަގަކުރި ގޮތުގައި، އިއްޒުއްދީން ފާލަމަކީ މާލޭގެ މަންޒަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ތަނެވެ. އެހެންކަމުން، މަސައްކަތް ލަސްވުމަކީ ސަރުކާރާއި ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށްވާތީ، މި މަޝްރޫޢު ވަރަށް މަތީ އިސްކަމެއް ދީގެން ކުރިއަށް ގެންދެވޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫޢަށް އިސްކަންދޭ ސަބަބުތަކުގެ ތެރޭގައި، މިއީ ރަސްމީ ފާލަމަކަށްވުމާއި، މާލެއަށް ވަޑައިގަންނަވާ އިއްޒަތްތެރިންނަށް ފައިބާވަޑައިގަތުމަށް އެހެން ޖެޓީއެއް ނެތުން ހިމެނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން މި ފާލަމަކީ ފަތުރުވެރިން ޒިޔާރަތްކުރާނެ ތަނެއްގެ ގޮތުގައި ދެކޭތީ، އަވަހަށް ނިންމުމަށް ގިނަ ސަބަބުތަކެއް ހުރި ކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ. މަސައްކަތް ކުރިއަށްދަނީ 24 ގަޑިއިރު ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.

އެމްޓީސީސީން ދިވެހި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާއިރު، އޭގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ ރަސްމީ ފާލަމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މަސައްކަތް މެދުނުކެނޑި ކުރިއަށްދާތީ، ކައިރި މުސްތަޤުބަލެއްގައި އިއްޒުއްދީން ފާލަން ނިމި، ރާއްޖެއަށް ވަޑައިގަންނަވާ ފަތުރުވެރިންނާއި އެހެނިހެން މެހެމާނުންނަށް އުފާވެރި ޚިދުމަތެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން އުންމީދުކުރެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: