ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު ކޮންމެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ: މެޓް

މާލެއަށް ކުރި ވިއްސާރަ--- ފޮޓޯ: ހާޖަރަތު ޝަހާ، ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެ ތެރެއަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި އެހެންނަމަވެސް ދިގު ދެމިގެންދާފަދަ ގޮތަކަށް ވަރޭ ވެހޭނެ ކަމަށް ލަފާނުކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރައިން ބުނެފިއެވެ.

ސަންގަށް މައުލޫމާތުދެމުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު އުތުރާއި މެދުރާއްޖެ ތެރެއަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ. މެޓުން ބުނެފައިވަނީ ދެކުނަށްވެސް ކޮންމެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި އެހެންނަމަވެސް އެހާބޮޑަށް މޫސުން ގޯސްނުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެވްރެޖް ވަޔަށް ބަލާއިރު 6 މޭލާއި 16 މޭލާއި ދެމެދު ކަމަށާއި އެހެންނަމަވެސް ވިލާގަނޑު އަންނަ ވަގުތު ކުޑަ އިރުކޮޅަކަށް 35 ވަރަކަށް މޭލަށް ވައިބާރުވެދާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

މޭޓް އޮފީހުން ބުނީ ޖުމްލަކޮށް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުކޮށް އޮންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާ ކުރެވެނީ ވިލާގަނޑު އަންނަ ގަޑީގައި ކަމަށެވެ. މިހާރަށް ބަލާއިރު ދިގު ދެމިގެންދާކަހަލަ ބޯ ވާރޭ ފާހަގަ ނުކުރެވޭ ކަމަށް ވަނީ ބުނެފައެވެ.

މެޓު އޮފީހުން ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ވާރޭ ވެހުނުނަމަވެސް ނިމިދިޔަ ދުވަސްތަކުގައި ވާރޭ ވެހުނު މިންވަރަށް ދެން ނުވެހޭނެ ކަމަށެވެ. އެއީ ރާއްޖޭގެ އިރުމައްޗަށް ވާގޮތަށް އުފެދުނު ސާކިއުލޭޝަންގެ ބާރު ދަށްވެ ސާކިއުލޭޝަންގެ ޕެޓާންވެސް މިހާރު ނެތް ކަމަށް މެޓުން ވަނީ ބުނެފައެވެ.

ރާއްޖެއަށް އެންމެ ފަހުން ކުރި ވިއްސާރައިގައި މެދުރާއްޖެ ތެރެއާއި އުތުރުގެ ރަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެންމެ ބޮޑު ގެއްލުމެއް ފާހަގަކުރެވުނީ މާލެ ސަރަހައްދުންނެވެ. 226 ގެއެއްގެ މީހުން 2 ދުވަހަށް ވަގުތީ ބޯހިޔާވަހިކަމަށް ވަނީ ބަދަލުކޮށްފައެވެ. އަދި މާލޭގެ އެތައް ގެއަކަށްފެން ވަދެ އާއްމުންގެ އެތައް ތަކެއްޗަކަށް ގެއްލުންވެސްވެފައިވެއެވެ. މާޅެ ސަރަހައްދުން 30،000 ޓަނަށްވުރެ ގިނަ ފެން އެމްއެންޑީއެފްއިން ވަނީ ހިންދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: