ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކާތު ޢިލްމުގެ ދާއިރާއިން ރާއްޖޭގައި ފަށާ ފުރަތަމަ ކޯސް އިލްމް އިންސްޓިޓިއުޓުން ފަށަނީ

އިސްލާމިިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަކާތު ޢިލްމުގެ ދާއިރާއިން ރާއްޖޭގައި ފަށާ ފުރަތަމަ ކޯސް އިލްމް އިންސްޓިޓިއުޓުން ފަށަން ތައްޔާރު ވެއްޖެއެވެ.

އިލްމް އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒްއިން ކުރިއަށް ގެންދާ ޑިޕްލޮމާއިން ޒަކާތު މެނޭޖްމަންޓް ސައިންސް ކޯހަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ ހުއްދަ ދީފައެވެ.

އިލްމް އިންސްޓިޓިއުޓުން ބުނީ، ދިވެހި ބަހުން ކިޔަވައިދޭ، އެއް އަހަރު ދުވަހުގެ މި ޑިޕްލޮމާ ޕްރޮގްރާމުގައި ކިޔަވައި ދެނީ ރާއްޖޭގެ ޢިލްމީ ބޭފުޅުން ކަމަށެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދޭނެ ބައިތަކުގެ ތެރޭގައި ހިމެނެނީ، އަޤީދާ އެންޑް އިސްލާމިކް އެތިކްސްއާއި ޒަކާތު ސައިންސްގެ ޢާންމު އުޞޫލުތަކާއި މުދަލު ޒަކާތް ބެހުމުގައި ޝަރުޢީ ޙުކުމްތަކާއި އެއާ ބެހޭ ދިރާސާތަކާއި ދިވެހި ޒަކާތު ނިޒާމާއި ޒަމާނީ ޒަކާތު މުއައްސަސާތަކުގެ ހިންގުމާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ޒަކާތުގެ ދައުރު ހިމެނެއެވެ. އަދި މުދަލު ޒަކާތް ގުނުމުގެ މައިގަނޑު ކަންތައްތަކާއި އިސްލާމިކް ފައިނޭންސާއި މުދަލު ޒަކާތުގައި ޒަމާނީ ޝަރީޢަތުގެ މައްސަލަތައް ވެސް ހިމެނެއެވެ.

އިސްލާމީ އިޤުތިޞާދުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް މުހިންމު ކޯހަކަށްވާނެ ކަމަށާއި ވަރަށް އަވަހަށް މި ޕްރޮގްރާމުގައި ބައިވަރިވާޏް އިއުލާންކުރާނެ ކަމަށް އިލްމް އިންސްޓިޓިއުޓުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: