ގ.އުފުރިޔާ ގޭގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީީތެރިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭއިން ބުނީ، ގ.އުފުރިޔާ ގޭގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން އެ އެޕާޓްމަންޓުގައި ދިރިއުޅުނު މީހުންގެ ތެރެއިން އެހީތެރިކަން ބޭނުންވި 1 ފަރާތަކަށް 1 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެ އޮތޯރިޓީއިން ހަމަޖައްސައިދީފައިވާ ކަމަށެވެ.
ގ.އުފުރިޔާ ހަވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ސަރވިސްއިން ވަނީ ޙަރަކާތްތެރިވެފައެވެ. އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ ރޭގެ 00:01 ގައިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.
މި ޙާދިސާގައި އަލިފާން ރޯވެފައިވަނީ އެގޭގެ 6 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައެވެ.

