ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެން: ރައީސް

މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި ރައީސުލްޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެނައުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ސުޕީރިއަރ ކޯޓު ކޮމްޕެލްސްގެ މަސައްކަތްތައް ކުރިޔަށް ގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވާދެއްވައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ ހުކުމަކާއި ހަމައަށް ވާސިލުނުވެވި ދިގުލައިގެން ދިއުންކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމަށްޓަކައި އެކަށީގެންވާ އަވަސް މިނެއްގައި އަޑުއެހުންތައް ތާވަލުކޮށް މައްސަލަތައް ކުރިޔަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކޮށް ވިދާޅުވީ ކޯޓުތަކަށް ބޭނުންވާ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ބޮޑު އިސްކަމެއް ދޭނެކަމަށެވެ.

އެގޮތުން އެއް ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ވިދަޅުވީ ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް މި އަހަރު ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފެށުމެވެ. އަދި މި ކޮމްޕްލެކްސް ނިމެންދެން ކްރިމިނަލް ކޯޓާއި، ޑްރަގު ކޯޓު ޖާގަ ތަނަވަސް އިމާރާތްތަކަށް ބަދަލު ކުރުން ކޮންމެހެން ވެސް މުހިންމުކަމަށް ދެކޭކަމުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އަނެއް ގޮންޖެހުމަކީ، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ ދިގުލައިގެން ދިޔުން… މިކަން ހައްލުކުރުމަށްޓަކައި، އެކަށީގެންވާ އަވަސްމިނެއްގައި އަޑުއެހުންތައް ތާވަލުކޮށް، މައްސަލަތައް ކުރިއަށް ގެންދިއުމަކީ، މިހާރަށް ނުހަނު މުހިއްމު ކަމެއް. މިކަން ޙައްލުކުރުމަށްޓަކައި ކޯޓުތަކަށް ބޭނުންވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ނުހަނު އިސްކަންދެން.

ރައީސް ވިދާޅުވީ މި މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިޔަށް ދާނެކަމަށެވެ. އެއާއި އެކު މި އަހަރުގެ އޮގަސްޓު މަސް ނިމުމުގެ ކުރިޔަށް ހުޅުމާލޭގައި މި ދެ ކޯޓު ހިންގަން ފެށުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ނިންމާލެވޭނެކަމަށް ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ނުހިނގައި ހުރި ގިނަ މައްސަލަތައް ކުރިޔަށް ގޮސް، ވާނުވާ ބަންދަށް ވެސް އެދެވޭ ހައްލެއް އައުމުގެ އުންމީދު އެބައޮތްކަމުގައި ވިދާޅުވިއެވެ.

ސަރުކާރުން ވާނުވާ ބަންދަށް ވެސް ނިމުމެއް ގެނައުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ގާއިމު ކުރުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ވެސް ރަނގަޅު އިސްލާހުތައް ގެންނަވާނެކަމަށެވެ. ހަމައެއާއި އެކު ވަކިވަކި ދާއިރާތަކުން މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ހާއްސަ ކޯޓުތައް ތައާރަފު ކުރުމުގެ މަސައްކަތް މެނިފެސްޓޯގައި ގާއިމުވެފައިވާ ގޮތުގެ މަތީން ކުރިޔަށް ގެންދަވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: