ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ލުނބޯ ކިލޯއެއް، 40ރ. ގެ ރޭޓުން ވިއްކަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯއިން ބާޒާރަށް ލުނބޯ ނެރެ، ކިލޯއެއް 40 ރުފިޔާގެ އަގުގައި ވިއްކަން ފަށައިފިއެވެ.

މިވަގުތު ބާޒާރުގައި ލުނބޯ ވިއްކަމުންދަނީ 65 ރުފިޔާއާއި 80 ރުފިޔާއާ ދެމެދުގެ އަގުތަކުގައެވެ. އަދި ފާއިތުވި ހަފުތާގައި ލުނބޯ ކިލޯއެއްގެ އަގު 100 ރުފިޔާއަށް ވެސް އަރާފައިވެއެވެ. އެހެންކަމުން، އެސްޓީއޯއިން ލުނބޯ ވިއްކާ އަގަކީ، މިހާރު ބާޒާރުގައި ހުރި އަގަށްވުރެ 15 ރުފިޔާ ކުޑަ އަގެކެވެ. އެސްޓީއޯއިން ލުނބޯ އިމްޕޯޓުކުރަނީ އިންޑިއާއިންނެވެ.

ލުނބޯ ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ޚާއްޞަ ރޭޓުތަކެއްގައި ވިއްކަމުން ގެންދެއެވެ. އެސްޓީއޯއިން މަޢުލޫމާތު ދެއްވާގޮތުގައި، 5 ކިލޯގެ ލުނބޯ ފޮއްޓެއް ވިއްކަނީ 145 ރުފިޔާއަށެވެ. އަދި 5 ކޭހަށްވުރެ އިތުރަށް ގަންނަނަމަ، ފޮއްޓެއް 135 ރުފިޔާއަށް ލިބޭނެއެވެ.

އެސްޓީއޯއިން ހޯލްސޭލްކޮށް ލުނބޯ ވިއްކަނީ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުގައި ހުންނަ އެސްޓީއޯގެ ވެއަރހައުސްއިންނެވެ. ރީޓެއިލް އަގުގައި ލުނބޯ ލިބެން ހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިންނެވެ.

ލުނބޯގެ އިތުރުން، އެސްޓީއޯއިން ވަނީ އެހެން ބައެއް ބާވަތްތައް ވެސް ބާޒާރަށް ނެރެ ވިއްކަން ފަށާފައެވެ. މިގޮތުން، ކާށި ވިއްކަނީ 5 ރުފިޔާއަށެވެ. އަދި ފިޔާ ކިލޯއެއް ވިއްކަނީ 16 ރުފިޔާއަށެވެ. މިއީ މިވަގުތު ބާޒާރުގައި ހުރި އަގުތަކަށްވުރެ ހެޔޮ އަގުތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: