ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަދަނީ ޖަމްއިއްޔާތަކަށާއި ޒުވާނުންނަށް މާހެފުމެއް ބާއްވައިފި

މަދަނީ ޖަމްއިއްޔާތަކަށާއި ޒުވާނުންނަށް ބޭއްވި މާހެފުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިން މަދަނީ ޖަމްއިއްޔާތަކަށާއި ޒުވާނުންނަށް ހާއްސަކޮށް މާހެފުމެއް ބާއްވައިފިއެވެ.

”ރަމަޟާން މަލާފަތް“ގެ ނަމުގައި ބޭއްވި މި މާހެފުން ބާއްވާފައިވަނީ ޒުވާނުންގެ އިތުރުވެހި (ކުރީގެ މުލިއާގެ ވެހިކަލް ގަރާޖު) ގައެވެ.

މި މާހެފުމުގައި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި އެކި އެކި ޖަމްއިއްޔާތަކުން އަދި ޒުވާނުން ހިމެނެއެވެ.

މިނިސްޓްރީން މަދަނީ ޖަމްމިއްޔާތަކަށް އަދި ޒުވާނުންނަށް ހާއްސަކޮށް މާހެފުމެއް ބާއްވާފައިވާއިރު ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު މިދިޔަ މަހު ތެރޭގައި ވަނީ މާލޭގެ މަދަނީ ޖަމްއިއްޔާތަކާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މަދަނީ ޖަމްއިއްޔާތަކުން ވަނީ ޖަމްއިއްޔާތަކުން ޕްރޮގުރާމުތައް ހިންގުމަށް ޖާގައެއް ނެތް ކަން ފާހަގަކޮށްފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރ ވިދާޅުވީ، ޒުވާނުންގެ އިތުރުވެހިގެ މަސައްކަތް ނިމުމުން އެމައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި، ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާ، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ އިއުލާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: