ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އައި ޗައިނާ މީހެއްގެ ފޮށިގަނޑުން މަސްތުވާތަކެތި ފެނިގެން ހައްޔަރުކޮށްފި

ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންއެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އަށް އައި ޗައިނާ މީހެއް ގެނައި ފޮށިގަނޑުން މަސްތުވާތަކެތި ފެނިގެން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ޗައިނާއަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ބޭނުންކޮށް ގެންގުޅެން އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެއެވެ.

މިހާރު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އޭނާއާ ގުޅޭ ބަންދު އަމުރުގައި ބުނެފައި ވަނީ ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ވުޖޫދުވާވަރަށް ހެކި ލިބިފައިވާކަމަށެވެ.

އެގޮތުން ހުށަހެޅިފައިވާ ބަޔާންތަކުން އޭނާ ރާއްޖެއިން ބޭރުން ގެނައި ފޮށިގަނޑެއްގެ ތެރެއިން ގިނަ އަދަަދެއްގެ މަސްތުވާތަކެތި ހުރި ކަމަށް ވަގުތީ ނަތިޖާއިން ދައްކާފައިވާކަން އެނގޭ ކަމަށްވެސް ބުނެފައި ވެއެވެ.

އޭނާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: