ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. ޢާއިޝަތު ޝިހާމް ށ. ފުނަދޫގައި ޤާއިމްކުރެވިފައިވާ މުއައްސަސާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ށ. ފުނަދޫގައި ޤާއިމްކުރެވިފައިވާ މުއައްސަސާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި، ފުނަދޫ ޕޮލިސް، އެމްއެންޑީއެފް، ށ. އަތޮޅު ހޮސްޕިޓަލް، ށ. އެފްސީއެސްސީ، ށ. ފުނަދޫ ސްކޫލް، ފުނަދޫ ކައުންސިލް، ށ. އަތޮޅު ކައުންސިލް، ފުނަދޫ މެޖިސްޓްރޭޓް ކޯޓު އަދި ފުނަދޫގައި ހުރި ސަރުކާރުގެ ކުންފުނިތަކުގެ ގޮފިތަކުގެ ފަރާތުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި، އަދި ރަށުގެ އިޖްތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވޭ ތަފާތު މަސައްކަތްތަކުގައި މިނިސްޓްރީއާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައެވެ.

ހަމައެއާއެކު، ޚިދުމަތް ފޯރުކޮށްދިނުމުގައި މުއައްސަސާތަކަށް ދިމާވާ ގޮންޖެހުންތަކާއި، އަދި އެކަންކަން ޙައްލުކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މުއައްސަސާތަކުން ވަނީ ތަނަވަސް ޚިޔާލުތަކެއް ހުށައަޅުއްވައި މަޝްވަރާ ކުރައްވާފައެވެ.

ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި، އަދި އިޖްތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަކީ އެންމެ ފައިދާހުރި، އަދި ނަތީޖާ ނެރުމަށް އެންމެ ބޮޑަށް ބާރުލިބިގެންދާނެ ގޮތްކަން މުއައްސަސާތަކުން ފާހަގަކުރެއްވިކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ. އަދި އެކަމަށްޓަކައި، މިނިސްޓްރީއާ ގުޅިގެން ހުރިހާ މުއައްސަސާއަކުންވެސް މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށް، އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: