ރ. އުނގޫފާރުގައި ހުންނަ އެ އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.
ކައުންސިލްގެ އިދާރާއަށް ސިހުރާއި ފަންޑިތަ ހަދާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ދެ ފިރިހެނުންނެވެ. ފުލުހުން ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ދެ މީހުންނަކީ އުނގޫފާރު، ރިވެލިގެ، މުހައްމަދު އަމްޖަދު، (61) އާއި ނަސީމީ ހިޔާ، މުހައްމަދު ވަހީދު (67)އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ސިހުރުގެ މައްސަލަތައް ޕޮލިހަށް ރިޕޯޓު ކުރާވަރު އަންނަނީ ގިނަވަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ ހދ. ކުޅުދުއްފުށީގައި ސިހުރުގެ މައްސަލަ ބޮޑުވެ އޮޕަރޭޝަނެއް ހިންގައިފައެވެ.
އެ އޮޕަރޭޝަނުގައި 10 ގެއެއް ބަލައި ފާސްކޮށް 8 ގެއަކުން ސިހުރު ހަދާ ސާމާނު ހޯދިއެވެ. ނަމަވެސް އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

