ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތައްގީކުރުމަށް، އާރުޑީސީއަށް!

ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފިއްލަދޫގެ މަގުތައް މަގުތައް ޒަމާނީ ފެންވަރަށް ތައްގީކުރުމަށްޓަކައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

2025 އޮގަސްޓު 10 ވަނަ ދުވަހުގައި، ފިއްލަދޫގެ މަގުތައް މަގުތައް ޒަމާނީ ފެންވަރަށް ތައްގީކުރުމަށްޓަކައި، އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް ކުރިއަށް ގެންދިޔައިރު، މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރއޮފް ސްޓޭޓް ހަސަން ރަޝީދުއެވެ. އަދި، މި މަޝްރޫއުގެ މަސައްކަތާއި ހަވާލުކުރެއްވި ކުންފުނި، އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ނާޒިމްއެވެ.

މި އެއްބަސްވުމުގެ ދަށުން، ފިއްލަދޫގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، މި  ރަށުގެ މަޝްރޫގެ މަސައްކަތުގެ އަގާއި، މަސައްކަތް ނިންމަން އެވޯޑުކުރެވިފައިވާ މުއްދަތަށް ބަލާއިރު،

  • މަސައްކަތުގެ އަގު: 77،130،423.72
  • މުއްދަތު: 730 ދުވަސް

މީގެއިތުރުން ރާއްޖޭގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތައްގީކުރުމަށްޓަކައި، ވެސް ދާދިފަހުން ހަވާލުކޮށްފައިވެއެވެ. އެގޮތުން، އެ އެއްބަސްވުމާއިއެކު،  ތ އަތޮޅުގެ، ގުރައިދޫ، ކިނބިދޫ، ހިރިލަނދޫއާއި، ހއ އަތޮޅުގެ ތުރުކާނުއާޢި ހދ. އަތޮޅުގެ ނޮޅިވަރަންފަރު، ފިނޭއާއި، ބ. އަތޮޅުގެ ތުޅާދޫ، ކުޑަރިކިލުއާއި، ށ. އަތޮޅުގެ މަރޮށިއާއި، މުލިއާއި ނ. އަތޮޅު މާފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެންދާނެއެވެ.

މި 2 މަޝްރޫއާއިއެކު، ޖުމްލަ 12 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެންދާނެއެވެ. އެގޮތުން، ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރެވިގެންދިޔުމަކީ، އެ ރަށްރަށުގެ ރައްޔިތުންނަށް، ރައްކާތެރިކަމާއިއެކު، މަގުމަތީގެ އުޅަނދުތައް ދުއްވާ ހެދުމަށް މަގުފަހިކޮށްދޭނެކަމެކެވެ. މީގެއިތުރުން، އެ ރަށްރަށުގެ ވިޔަފާރިތަކުން، އެއް ތަނުން އަނެއް ތަނަށް މުދާ ގެންދިޔުމުގައިވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، މީގެ ކުރިން އެ ރަށްރަށުގެ މަގުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްވެސް މަގުފަހިކޮށްދޭނެއެވެ. އެހެންކަމުން، މިއީ، އެ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ މަޝްރޫއެއް ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: