ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިލޯނާއެކު ދިވެހީން ޓެލެތޯން: 8 ލައްކަ ޑޮލަރު ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި

"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު ފައިސާ ހާރިޖީ ވުޒާރާއާ ހަވާލު ކުރުން: ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަވައްޓެރި ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ޕީއެސްއެމްއާއި ރާއްޖޭގެ ގިނަ އަދަދެއްގެ މީޑިއާތައް ގުޅިގެން ކުރިޔަށް ގެންދިޔަ ތެލެތޯނަށް ލިބުނު ފައިސާގެ އެހީ ފޮރިން މިނިސްޓްރީއާއި ހަވާލުކޮށްފި އެވެ.

މި ފައިސާ މިނިސްޓްރީއާއި ހަވާލުކޮށްދެއްވާފައި ވަނީ، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާމީން ރަޝީދެވެ. އަދި ފައިސާއާއި ހަވާލުވެވަޑައިގަތީ، ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލެވެ.

މި ތެލެތޯން މެދުވެރިކޮށް ޖުމްލަ 800،352 ޑޮލަރު ވަނީ އެއްކުރެވިފަ އެވެ. މިއީ 245 މިލިއަން ލަންކަން ރުފީސް އެވެ.

37 މީޑިއާއެއް ގުޅިގެން ނޮވެމްބަރު 30 ގައި ފެށި މި ތެލެތޯން ރަސްމީކޮށް ނިންމާލައި، ލިބުނު ފައިސާގެ ޖުމްލަ އަދަދު އިއުލާނު ކުރީ މިއަދުގެ މެންދުރު އެވެ.

ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި، ސަރުކާރުގެ މުވައްސަސާތަކާއި، އިދާރާތައް އަދި ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުން ވެސް ތެލެތޯންއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ދިވެހި ރައްޔިތުންގެ ފަރާތުން ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުއްޓުމެއް ނެތި ކުރިޔަށް ގެންދިޔަ 48 ގަޑިއިރުގެ ޓީވީ ކަވަރޭޖަށް އެ ގައުމުގެ ރައްޔިތުން ވަނީ ޝުކުރުއަދާކޮށްފަ އެވެ. އަދި ލަންކާގެ ރައްޔިތުންގެ ޝުއޫރުތައް ލިޔެފައިވާ ޕޯސްޓުތައް ވެސް ދަނީ ދައުރުވަމުންނެވެ. އެ ގައުމުގެ ރައްޔިތުންގެ ޕޯސްޓުތަކުގައި ބުނެފައިވާ ގޮތުން، ދިވެހި ރައްޔިތުން ލަންކާ ދެކެނީ ދިވެހިންގެ ދެވަނަ ގެ ގޮތުގަ އެވެ. އަދި އެ ގައުމަކީ، އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާ ގައުމުކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ތެލެތޯންއަށް ލިބުނު ފައިސާގެ ކަންކަން ވީހާވެސް ރަނގަޅަށް ކުރިޔަށް ގެންދިއުމަށްޓަކައި އޮޑިޓް ފަރމެއްގެ ގޮތުގައި މަސައްކަތް ކުރީ ކްރޯ މޯލްޑިވްސް އެވެ. އަދި ފައިސާ ގުނުމުގެ މަސައްކަތް ކުރީ، ބީއެމްއެލްއާއި ކްރޯ މޯލްޑިވްސް އެވެ. ލިބުނު ފައިސާގެ ޖުމްލަ އަދަދާއި ތަފްސީލުތައް ފަނޑު ފޮށި ހިމެނޭ ގޮތަށް އިއުލާނު ކުރީ ކްރޯ މޯލްޑިވްސްގެ ފަރާތުންނެވެ.

މި ތެލެތޯންއަށް އެންމެ ގިނަ އަދަދެއްގެ ފައިސާ 2.4 މިލިއަންއާއި އެކު ހަދިޔާ ކުރީ ދިވެހި ފުލުހުންގެ ހިދުމަތުންނެވެ. އަދި ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހަދިޔާ ކުރި، ދިވެހި ސިފައިންގެ ފަރާތުން 1 މިލިއަން ރުފިޔާ ހަދިޔާކޮށްފައި ވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: