ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެދު މަޢުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއަކަށް ހަދަން ޖެހޭ: އިހުސާން

ހޯމް މިނިސްޓަރ އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ތެދު މަޢުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބެޗްލަރ އޮފް އާރޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުންގެ ކުރިއަށް ގެންދިޔަ ”ނޯ ކެޕް ޖަސްޓް ފެކްޓްސް“ ކެމްޕެއިން ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ވަނީ މިޒަމާނުގައި ދޮގު މަޢުލޫމާތެއް ފަތުރަން ކުޑަ ވަގުތުކޮޅެއް ނަގާއިރު، ގިނަ ފަހަރު އޭގެއިން ލިބޭ ގެއްލުން ވަރަށް ބޮޑުކަން ފާހަގަކުރައްވާފައެވެ. އަދި ދޮގު މަޢުލޫމާތުގެ ހަގީގަތް ހާމަކުރުމަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހޭކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންނަށް އިވޭ އަޑަކީ އަހުމަދުގެ ކެފޭގައި އިބްރާހީމް މަސްތުވާތަކެތި ބޭނުންކުރަނިކޮށް ހައްޔަރުކޮށްގެން ގެންގޮސްފި. މައުލޫމާތަކީ އެއީ. އެ މައުލޫމާތު ލިބޭ ފަރާތުން ދެން މިލިޔަނީ އަހުމަދު މަސްތުވާތަކެތި ވިއްކަން ހުއްޓާ ހައްޔަރުކޮށްގެން ގެންގޮސްފިޔޭ. އެ ހިސާބުން އެ ބަދަލުވީ މިސްއިންފޮރމޭޝަނަކަށް. އެއީ އަހުމަދުގެ ވާހަކަ. އަނެކަކު އެ ވާހަކަ އަޑުއަހާފަ ލިޔުނީ އިބްރާހީމަކީ މަސްތުވާތަކެތީގެ އައްޑާއެއް ހަދައިގެން އޭގެ ވިޔަފާރި ކުރާ މީހެކޭ. އަހުމަދު ކަހަލަ ކްލައިންޓުންނޭ މިގެންގުޅޭނީ. އޭނައަށް ކަނޑައެޅިގެން އެނގޭ މީނައަކީ މިކަން ކުރާ މީހެއް ނޫންކަން. އެހެންނަމަވެސް އޭނާއަކީ ކެފޭއެއް ހިންގާ މިހަކަށްވާތީ އޭނަގެ ކެފޭ ނައްތާލަން މި ބޭނުންވަނީ. އެ ހިސާބުން އެ ބަދަލުވަނީ ޑިސްއިންފޮރމޭޝަނަކަށް. ކަނޑައެޅިގެން މައުލާތު ދޮގުކޮށް އެ ފެތުރީ. ވަޒީރު

ވަޒީރު ވަނީ ތެދު މައުލޫމާތަށް ވުރެ ދޮގު މައުލޫމާތު ފެތުރިގެންދާ ގޮތް ވަރަށް އަވަސް ކަމަށް ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ތެދު މަޢުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށާއި އަދި ދޮގު މަޢޫލޫމާތު ފަތުރާކަމުގައި ވަނީނަމަ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޤާނޫނުތަކުން ފިޔަވަޅު އެޅުމާ ގުޅޭގޮތުން ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

ސޯޝަލް މީޑިއާއިން ލިބޭ މައުލޫމާތުގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދިނުމަށް ގައުމީ ޔުނިވާސިޓީގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުން ބޭއްވި ފޯރަމްގައި ވަނީ ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ކިޔާދީފައެވެ. މާލޭގެ އެކި ސްކޫލުތަކާއި އެމްއެންޔޫގެ އެކި ކޯސްތަކުގެ ދަރިވަރުންނާއެކު 100 އަށްވުރެ ގިނަ މީހުން ބައިވެރިވި ފޯރަމްގައި މައުލޫމާތު ދީފައިވަނީ އެ ދާއިރާއެއްގެ ތަޖުރިބާކާރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: