ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުކަންނެލި މަސްވެރިންގެ ދޯނިތައް ގެންގޮސް، އެ މުޒާހަރާ ފުލުހުން ރުޅައިލައިފި

މަސްވެރިން ތިބި ދޯނިފަހަރުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލާ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްވެ ކުރަމުން އައި މުޒާހަރާގައި ބައިވެރިވި ބައެއް ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މުޒާހަރާ ރޫޅާލައިފިއެވެ.

މާލޭގެ ފާލަމާއި ދިމާ، ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުން މަސްވެރިން މުޒާހަރާ ކުރަމުން އައީ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ. ހުއްޓުމެއް ނެތި މުޒާހަރާ ކުރަމުންދާތާ 24 ގަޑިވެފައިވާއިރު، ފުލުހުން ވަނީ އެ ދޯނިތަކަށް އަރައި އެ މުޒާހަރާގައި ބިދޭސީޏް ބައިވެރި ވަމުންދާ ކަމަށް ބުނެފައެވެ. ބިދޭސީން އެކަމުގައި ބައިވެރިވުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެއެވެ.

އެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ތިން ދޯންޏެވެ. އެ ތިން ދޯނި ވަީ ދޫނިދޫއަށް ގެންގޮސްފައެވެ. މި މައްސަލައިގައި، އެ ޔޫނިއަންގެ ޖެނެރަލް ސެކެޓްރީ އަދި މަޖިލީޙުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ އެކަން ކުރީ ކޯޓުއަމުރެއް ނުދައްކާ ކަމަށެވެ.

އެކަމާއި ދެކޮޅަށް މައުރޫފް އަޑުއުފުލުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވެފައިވާ ކަމަށް ބުނެ، މެމްބަރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ އާއިއެކު އެހެން 2 މީހަކުވެސް ހައްޔަރު ކޮށްފައިވެއެވެ. ފުލުހުން އެ ދޯނިތަކަށް އަރައި، ބައެއް ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން މިހާރު މުޒާހަރާ ވަނީ ހުއްޓިފައެވެ. މި އިހުތިޖާޖުގައި 49 ދޯންޏަކުން ބައިވެރިވެފައި ވެއެވެ.

މި މުޒާހަރާއާއި ގުޅިގެން ފިޝަރީޒް މިނިސްޓްރަ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ދިގުލައިގެންދާ މައްސަލަ ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދަށްވާމައްސަލަވެސް ފާހަގަކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަން ހައްލުކުރުމަށް ބޮޑުކަންނެލީގެ މަސްވެރިން ބޭނުންވަނީ ސަރުކާރުން ކަންނެލިމަހުގެ ވިޔަފާރީގައި ސަރުކާރުގެ ދައުރު ފުޅާކުރަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކެއް ކަމަށާއި އެކަންކަން ހައްލުކުރުމަށް ވަގުތުނަގާނެ ކަމަށެވެ. އެހެންނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް ފުއްދަވާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުން ސަރުކާރުގައި އެދެމުން އަންނަނީ މިފްކޯ އަށް ބޮޑުކަންނެލި ގަތުމަށް ނުވަތަ މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުމަށެވެ. އަދި މަސްވެރިންގެ ޑިމާންޑުތަކަށް ފުރިހަމަ ޖަވާބެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: