މިދިޔަ ބާރަ މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ބޭރުގެ އެއްވެސް އިންވެސްޓްމެންޓެއް ނާންނަ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އަދި ޕީއެންސީން ކާނިވާ ސަރަޙައްދުަގއި ބޭއްވޗި ހިބަރު ވަދު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރަކީ ރައްޔިތުން އެދޭފަދަ ވެރިކަމެއް ކޮށްދެވުނު ފަސް އަހަރު ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަން ބަދަލުވި ފަހުން މި ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮށްދެވުނީ ކޮން ކަމެއް ތޯ ވަނީ ސުވާލުކުރައްވާފައެވެ.
އެގޮތުން، މި ބާރަ މަސް ދުވަހުގެ ތެރޭގައި، ރައްޔިތެއްގެ ޖީބަށް އިތުރުވީ ކިތައް ރުފިޔާތޯ އާއި ކިތައް ރައްޔިތުންންށް ފްލެޓް ދޫކޮށްފިތޯ ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ. އަދި ކިތައް ވަޒީފާ އުފައްދާ ދެއްވިއްޖެތޯވެސް ސުވާލު ކުރެއްވިއެވެ. ރައީ ޔާމީން ވަނީ ހެޔޮކޮށްދޭން ބުނި ކަރަންޓާއި ފެން ކިހާ ވަރަކަށް ހެޔޮ ކޮށްދވިއްޖެތޯ ވިދާޅުވ ސުވާލު ކުރައްވާފައެވެ.
“ މިފާއިތުވާ އެއް އަހަރަށް ބަލާލާކަމުގައި ވާނަމަ އަޅުގަނޑު ދަންނަވާނަން. ރައްޔިތުންގެ ވެރިކަމެއް، ރައްޔިތުން އެދުނު ގޮތަށް ކިހާވަރަކަށް ކޮށްދީފަ އޮތްތޯ؟ މި ސުވާލު އަޅުގަނޑުގެ ޚިޔާލަށް ގެނޭ. އަޅުގަނޑު ފުރަތަމަ ކޮށްލަން ބޭނުންވާ ސުވާލަކީ، ފަރުދެއްގެ ޖީބަށް އިތުރުވި ފައިސާގެ މިންވަރު މި ސަރުކާރުން އަޅުގަނޑަށް ވިދާޅުވެ ދެއްވާނަން ތޯ؟ އަޅުގަނޑުމެން ވެރިކަން ނިންމާލީ،އޭރު އަޅުގަނޑުމެން ދެންނެވިން ޤައުމީ އުފެއްދުންތެރިކަމުގެ މިންވަރު އޭރުހުރީ ގާތްގަނޑަކަށް، ހަތަރު ހާހެއްހާ ޑޮލަރާ ކައިރިޔަށޭ. އަޅުގަނޑުމެން ވެރިކަން ނިންމާލީ ބޮލަކަށް ޖެހޭ މިންވަރު ގާތްގަނޑަކަށް ބާރަ ހާހާ ހަމައަށް ގެންގޮސްފަ. ”
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މިދިޔަ ބާރަ މަސްދުވަހުގެ ތެރޭގައި ބޭރުގެ އެއްވެސް އިންވެސްޓްމެންޓް މި ރާއްޖެއަށް ނާންނަ ކަމަށެވެ. އަދި ރައީސް ޔާމީން ފާހަގަކުރެއްވީ މި ދެކުނު އޭޝިއާ ސަރަޙައްދުގައިވެސް ވިޔަފާރިކުރަން އެންމެ އުދަގޫ ޤައުމަކަށް މި ރާއްޖެ ލިސްޓް ކުރެވިފައި އެބަ އޮތްކަމަށާއި، ޤައުމުގެ ނިސްބަތުން އަދި ފަރުދުންގެ ނިސްބަތުން ޤައުމުގެ މަރުކަޒީ ބޭންކްގެ ރިޒާވްވެސް ހުސްވެއްޖެކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ބޭރުގެ އިންވެސްޓްމެންޓްތަކަށް ރާއްޖޭގައި ފުރުސަތު ހުޅުވާލީ އެމަނިކުފާނުގެ ޒަޢާމަތުގައިކަމަށެވެ.
”ދިވެހިރާއްޖޭގަ މިހާތަނަށް ފުރުސަތުތަކަކީ، މިދިޔަ އަހަރުތަކުގެ ތެރޭގައި ނޫނިއްޔާ ރައީސް ޔާމީންގެ ސަރުކާރުގައި 2018 ނިމިގެން މި ހިނގާދިޔަ ބާރަ މަސް ދުވަހުގެ ތެރޭގައި އޭރުގައި ނިމިފައި ހުރިތަންތަން ހުޅުވުން. އެނޫން އެއްވެސް އިންވެސްޓްމެންޓެއް ދިވެހިރާއްޖެއަކަށް ނާދޭ. އެއްވެސް ބޮޑު ވިޔަފާރީގެ އިންވެސްޓްމެންޓެއް، އަމިއްލަ ފަރާތަކުން، އަދި އަމުދުން ބޭރުގެ ފަރާތަކުން ކޮށްފައެއް ނެތް!“
ތަރައްޤިއަކީ ކޮންކްރީޓް ނޫންކަމަށް ބުނަމުންދާ ފަރާތްތަކަސް ރައްދު ދެއްވާ ރައީސް ޔާމީން ވިދާޅުވީ ތަރައްޤިއަކީ ކޮންކްރީޓް ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއް ދައްކަމުން އެދަނީ އެމީހުންނަށް އެ ފަދަ ތަރައްޤިއެއް ގެންނަން ނޭންގޭތީކަމަށްވެސް ވިދާޅުވިއެވެ. ހިބަރުވަދު ޖަލްސާގައި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެެވެ.

