ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލިގެން ހޯދަން އިއުލާން ކުރި އަންހެން މީހާ މިހާރު ގެއަށް ގޮސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއިން ގެއްލިގެން ހޯދަން އިއުލާން ކުރި އަންހެން މީހާ މިހާރު ގެއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލެއިން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 12:19 ހާއިރު އާއިލާއިންނެވެ. ގެއްލިގެންހޯދުމަށް ފުލުހަށް ރިޕޯޓްކޮށްފައިވަނީ  ޅ. ނައިފަރު ކަށިމާގެ، ފާޠިމަތު ނޫރާ (32އ) އެވެ.

ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށާފައިވާއިރު މިހާރު އެއަންހެންމީހާވަނީ އަމިއްލައަށް ގެއަށް ގޮސްފައެވެ.

ފުލުހުން ބުނީ މިއަދު 11:20 އެހައިކަންހާއިރު ނޫރާ ގެއަށް ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. މާލެއިން ދޭތެރެ ދޭތެރެއިން މީހުން ގެއްލިގެން ފުލުހަށް ރިޕޯޓް ކުރެއެވެ. އަދި މަދު އިރުކޮޅެއްގެ ތެރޭގައި އެމީހަކު އަމިއްލައަށް އަނބުރާ ގެއަށްދާކަން ފާހަގަވެއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: