ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށް އޮފީހެއް އުފައްދަވައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ޚާއްޞަ އޮފީހެއްގެ ގޮތުގައި ”ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ“ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި އޮފީހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާނެ ތަނެކެވެ.

މިފަދަ ބިއުރޯއެއް ގާއިމުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ، މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މި ބިއުރޯގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ސިޔާސަތުތަކާއި ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ޝަކުވާތައް ހަރުދަނާ ނިޒާމެއްގެ ދަށުން ބަލައިގަތުމެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި ބިއުރޯގެ މަސައްކަތްތައް ޢަމަލީ ގޮތުން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެދުތެރޭގައެވެ. މިހާރު ކުރިއަށްދަނީ ބިއުރޯގެ މަސައްކަތްތައް ފެށުމަށްޓަކައި ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތަކާއި، ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްތަކެވެ.

މި ބިއުރޯގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ތަފާތު ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުން ހިމެނެއެވެ. މީގެ އިތުރުން، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ސާފުކޮށް، އެ ކަންކަމަށް ޖަވާބުދާރީވުމަކީ ވެސް މި ބިއުރޯއިން ކުރާނެ މުހިންމު މަސައްކަތެކެވެ.

ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން، މި ބިއުރޯގެ ދަށުން 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ވެސް ގާއިމުކުރެވިގެންދާނެއެވެ. މިއީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ފެއްޓެވި މުހިންމު މަސައްކަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: