ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ނިންމާފައެއް ނުވޭ: އެޗްޑީސީ

ހުޅުމާލެ ފޭސް 2
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާއި ގުޅޭ ގޮތުން، ބައެއް މީޑިއާތަކުން ފެތުރި ޚަބަރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ރޭ ދޮގުކޮށްފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބިން ވިއްކުމާ މެދު އެޗްޑީސީގެ ބޯޑުން ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

ބަޔާނުގައި ބުނީ، ހުޅުމާލެއަކީ މާސްޓާ ޕްލޭނެއްގެ ދަށުން ތަރައްގީކުރަމުން އަންނަ ތަނަކަށް ވާއިރު، އެ ޕްލޭން ހަދާފައިވަނީ އެކި ބޭނުންތަކަށް ހާއްސަކޮށްގެން ކަމަށެވެ. އަދި ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރިއަލް އަދި ކޮމިއުނިޓީ ބޭނުންތަކަށް މާސްޓާ ޕްލޭނުން ޖާގަ ދީފައިވާ ކަމަށް އެޗްޑީސީގެ އެ ބަޔާނުގައި ބުނެފައި ވެއެވެ.

ރޭ ނެރުނު ބަޔާނުގައި އެޗްޑީސީން ބުނީ، އެ ބިންތަކުގެ ބޮޑު ހިއްސާއެއް އަދާކުރަނީ އާންމު ރައްޔިތުންނަށް ސޯޝަލް އަދި އެފޯޑެބަލް ހައުސިން ފޯރުކޮށްދޭން ތައާރަފްކުރާ މަޝްރޫއުތަކަށް ކަމަށެވެ.

ރިޔާސީ ބަޔާން އިއްވަމުން، ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް  ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ތެރެއިން ގޯތި ލިބޭނެކަމުގެ ލިޔުން ހަވާލުކޮށް، ތަޅުދަނޑި ނުލިބުނު މީހުންނަށް މި އަހަރުގެ ތެރޭގައި ހަވާލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: