ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ކޮން ކޮޅަކުންތޯ އިރު އެރީ؟: ”މިއަދު އިނީ ހަމަ އިރުމައްޗާ ދިމާލަށް އެންޓަނާއަކަށް ދިދަ ނަގާލައިގެން!“

އަލީ ވަހީދު، ގާސިމް އިބްރާހިމް ކަންފަތްދޮށުގައި ވާހަކައެއް ދަންނަވަނީ.. ފޮޓޯ މިހާރު ނޫސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު އިރު އެއީ ”ލީކްސްއެމްވީ“ ކިޔާ ޓުވިޓަރ ހެންޑްލްއަކުން ތިމަންނާ ފޮލޯ ކުރާށޭ ބުނެ ފޮނުވި ރިކުއެސްޓްތަކަކުންނެވެ. ވަރަށް ފެންވަރުގެ ލީކުތަކެއް އަންނަނީކަމަށް ބުނަމުންނެވެ. ޖުމްލަ ހުރިހާ ލީކެއްގައިވެސް ހުރީ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އަޑެވެ. ނަމަވެސް އަލީ ވަހީދު އެކަމަށް އިންކާރުކުރެއެވެ. އަލީ ވަހީދުގެ މި އިންކާރުން ހަނދާނަށް އަންނަނީ އަލީ ހަމީދު މަތިންނެވެ. މި އޯޑިއޯއާއި ވީޑިއޯ ހަދާ ކުދިން ހާދަހާ މޮޅެވެ. ހާދަހާ ވައްތަރެވެ. ކޮންމެއަކަސް ތިންވަނަ ލީކުގެ ލީކު މާބޮޑެވެ. ދެއްކި ވާހަކައާއި، ވާހަކައިގެ ރާގާއި، ބަސްމަގާއި އުސްލޫބަށް ބަލާއިރު ޝަހާދަތް އިނގިލި ނިތްކުރިއާއި ހަމައަށް އަރައެވެ. 

މި އޯޑިއޯގައި އިވެނީ ޖުމްހޫރީޕާޓީގެ ލީޑަރ، މާމިގިލީ ދާއިރާގެ މެމްބަރު އޮނަރަބަލް ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އަލީކަމަށްބެލެވޭ ފަރާތާއި އަލީ ވަހީދުގެ އަޑާއި ވައްތަރު އަޑެއްގެ ފޯން ކޯލެއްގެ މުއާމަލާތެވެ. ފޯން ކޯލް އައުމުގެ ކުރިން އަލީ ވަހީދު ދައްކަމުންދަނީ ވެޓަރަންސް ކުލަބެއް އުފެއްދުމުގެ ވާހަކައެވެ. ވާހަކައިގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ގުޅުއްވައެވެ، އަލީ ވަހީދު ފޯނު ސްޕީކަރަށް ލައްވައެވެ.

މިނިސްޓަރ އަލީ ވަހީދު: ހަލޯ

މިނިސްޓަރ އައިޝަތު ނަހުލާ: އާދެ..

މިނިސްޓަރ އަލީ ވަހީދު: މިސް ވެގެން ހަމަ ގުޅީއޭ.. ދެން މާބޮޑަށް ހަނދާންވެގެން..

މިނިސްޓަރ އައިޝަތު ނަހުލާ: (ހިނިފުޅުވަޑުވަމުން) އެހެންތޯ! މިއަދު ކޮން ކޮޅަކުންތޯ އިރު އެރީ!؟

މިނިސްޓަރ އަލީ ވަހީދު: މިއަދު އިނީ ހަމަ އިރުމައްޗާ ދިމާލަށް އެންޓަނާއަކަށް ދިދަ ނަގާލައިގެން..

މިނިސްޓަރ އައިޝަތު ނަހުލާ: (ހިނިފުޅުވަޑުވަމުން) އާދެ.. އެހެންވީމަ ކިހިނެއްތޯ ހަދަންވީ!؟

މިނިސްޓަރ އަލީ ވަހީދު: މިނިސްޓަރ ކޮންތާކު ތި އިންނެވީ؟ އޮފީހުގަ ތި އިންނެވީ؟

މިނިސްޓަރ އައިޝަތު ނަހުލާ: އާދެ..

މިނިސްޓަރ އަލީ ވަހީދު: ކިހިނެއްތޯ ވާނީ މި އޮފީހަށް ވަދެލިއްޔާ ނޫނީ އަޅުގަނޑު ތި އޮފީހަށް ދިޔައިއްޔާ؟

މިނިސްޓަރ އައިޝަތު ނަހުލާ: ވަޑައިގަންނަވާ.. އެކަމަކު މީޓިންގ އެއް އެބައޮތް 15 މިނިޓް ފަހުން (އަޑު މުޅިން ސާފެއް ނޫން)

މިނިސްޓަރ އަލީ ވަހީދު: ޓެކްސްޓް މީ ނިންމާފަ.. 

މިނިސްޓަރ އައިޝަތު ނަހުލާ: އާދެ އާދެ.. އޯކޭ ބާއި..

މިނިސްޓަރ އަލީ ވަހީދު: (ދެއްކި ވާހަކަ ސާފެއް ނޫން)

މިނިސްޓަރ އައިޝަތު ނަހުލާ: ހަމަ ޔަގީނޭ މިއަދު އިރު އެރީ ރަނގަޅަކަށް ނޫންކަން..

މިނިސްޓަރ އަލީ ވަހީދު: އޯކޭ އޯކޭ

މިނިސްޓަރ އައިޝަތު ނަހުލާ: ސީޔޫ

އެއަށްފަހު ފޯނު ބޭއްވުމުން އެތަނުގައި ހޭލި މޭލިއަށް އަޑުގަދަކޮށް ދެން ދެއްކި ވާހަކަ މި ނޫހުގައި ލިޔާކަށް ނުކެރޭނެއެވެ. 

ރާއްޖޭގެ މިނިސްޓްރީތަކުގެ ކޮޓަރިކޮޅުތަކަކީ ނާސި ގެތަކަށް ވެގެން ނުވާނެއެވެ. ވަޒީރު ބަދަލުވެދާނެއެވެ، ނަމަވެސް ވުޒާރާ ދެމި އޮންނާނެއެވެ. ވުޒާރާގެ ޝަރަފް އެގޮތުގައި އޮންނާނެއެވެ. 

އަލީ ވަހީދު މި އޯޑިއޯތައް އިންކާރުއެބަކުރައްވައެވެ. އިންކާރު އެކަނި ކުރެއްވުމަކުން ނުފުދެއެވެ. މި އޯޑިއޯ ރަނގަޅަށް ތަހްލީލްކުރެވި ތަހްގީގް ހިންގެންޖެހެއެވެ. މި އޯޑިއޯއަކީ ފޭކެއްނަމަ އެކަން ކުރި ބަޔަކު ހޯދާ އަދަބުވެސް ދެވެން ޖެހޭނެއެވެ.

ހަމަ އެފަދައިން މިއޯޑިއޯއަކީ އަސްލެއްނަމަ އަލީ ވަހީދާއި އައިޝަތު ނަހުލާ މަގާމުން ދުރުކުރެވެން ވާނެއެވެ. ވާހަކަތައް ދެކެވުނު ރާގާއި އަޑަށް ބެލުމުން އެ އަޑުތަކުގައި ބީރައްޓީހި ކަމެއް ނެތެވެ. ވަރަށް ދެރަވަރު ވަރަށް ދެރަ ފެންވަރުގެ ވާހަކަތަކެކެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: