ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ލީޑާޝީޕްގެ ދަށުން އެމްޑީޕީ ކުރިއަށްވުރެ ވަރުގަދަވާނެ ކަމަށް އުންމީދުކުރަން: ފައިސަލް

ފޮޓޯ މީސްމީޑިއާ މަންސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީގެ އައު ލީޑަޝިޕްގެ ދަށުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެމްޑީޕީއަކީ ކުރިއަށްވުރެ ވަރުގަދަ ޕާޓީއަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގަތުމާ ގުޅިގެން، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ނަސީމް ވަނީ ރައީސް ނަޝީދަށް މަރުޙަބާ ދަންނަވައިފައެވެ.

ފައިސަލްގެ މެސެޖުގައި ހާއްސަ އިސްކަމެއް ދެއްވާފައިވަނީ ޕާޓީގެ އެތެރޭގެ ބައިބައިވުންތައް ނައްތާލައި، ހުރިހާ ފަރާތްތަކެއް އެކަތިގަނޑަކަށްވެ މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބު ކޮށްދިނުމަށް ޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން، ފައިސަލް ނަސީމް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީއަކީ ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގާބިލުކަން ހުރި، އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެވޭނެ ފަދަ ސިޔާސީ ފަލްސަފާއެއް އޮތް ޕާޓީއެކެވެ. ރާއްޖޭގެ މުސްތަގުބަލު ބައްޓަންކުރުމުގައި އާއި ރައްޔިތުންނަށް ފައިދާހުރި ކަންކަން ކޮށްދިނުމުގައި އެމްޑީޕީގެ ދައުރު އަދިވެސް ވަރަށް ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދާ ވާދަކުރެއްވި މީކާއިލް ނަސީމަށް ތާއީދުކުރެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ނަޝީދަށް މަރުހަބާ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، ނަޝީދުގެ ލީޑާޝިޕްގެ ދަށުން ސަރުކާރު ޖަވާބުދާރީކުރުވާނެކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށެވެ.

ޗެއާޕާސަންކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ނަޝީދު ”ސަންގަށް“ ވިދާޅުވީ، އެމަނިކުފާނަށް ވޯޓު ދެއްވި އެންމެން ވެސް ކުރެއްވީ، އެމްޑީޕީ އަލުން އަނބުރާ ދިރުވުމުގެ މަސައްކަތް ކަމަށެވެ. އަދި ވާދަވެރިންނާ ވެސް އެކުގައި ޕާޓީއާއެކު ބާރަށް ކުރިއަށް ވަޑައިގަންނަވަން ތައްޔާރުކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: