ގައުމީ ދިފާއީ ބާރުގައި ދިގު މުއްދަތަކަށް މަސައްކަތްކުރެއްވި ސާޖަންޓް ފަސްޓް ކްލާސް ޙުސައިން އަބްދުއްރަހުމާން މިއަދުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ގައުމީ ދިފާއީ ބާރުގައި މަސައްކަތްކުރެއްވި ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔަވި ހަބަރު އެއްސެވީ ފުންހިތާމައާއި އެކުގައިކަމަށެވެ.
ރައީސް ވިދާޅުވީ، މި ފުން ހިތާމައިގެ ދަނޑިވަޅުގައި ހުސައިން އަބްދުއްރަޙުމާނުގެ އާއިލާއަށާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެންމެހާ ސިފައިންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާކަމަށެވެ. އަދި އޭނާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވައި އާއިލާއަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރު ކުރެއްވުން އެދި އެ ޕޯސްޓުގައި ވަނީ ދުއާ ދަންނަވާފައެވެ.
ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަޙުމާނަކީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހު އިހްލާސްތެރިކަމާއެކު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

