ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށް ފަޔަރ އެންޑް ރެސްކިޔުގެ ”އެކްސަސައިޒް ޖައްރާފާ“ ފަށައިފި

އެމްއެންޑީއެފްގެ އެކްސަސައިޒް ޖައްރާފާގެ ތެރެއިން --
ޝެއާރކޮށްލާ ކަހަލަދޯ؟

ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބާއްވާ “އެކްސަސައިޒް ޖައްރާފާ” މިއަދު ފަށައިފިއެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ހެނދުނު ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

މި ރަސްމިއްޔާތުގައި ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ހުސައިން އަލީއާއި، އެފްއާރްއެސްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް އަހްމަދު ފާއިޒު ރަޝާދާއި، އެފްއާރްއެސްގެ ކޮމާންޑް ސާރޖެންޓް މޭޖަރ، ކޮމާންޑް ސާރޖެންޓް މޭޖަރ އާޒާދު ރުޝްދީގެ އިތުރުން އެފްއާރްއެސްގެ އޮފިސަރުންނާއި ވޮރަންޓް އޮފިސަރުންނާއި އެންލިސްޓެޑް ރޭންކުތަކުގެ ސިފައިން ބައިވެރިވިއެވެ.

ނޮވެންބަރު 22 އިން 23 އަށް ބާއްވާ މި އެކްސަސައިޒްގެ ތަމްރީނުތައް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ކްރޮސް ރޯޑްސް މޯލްޑިވްސްގައި ކުރިއަށް ދާނެއެވެ.

މިއަދުގެ އެކްސަސައިޒް ކުރިއަށްދާ ވަގުތު، މާލޭގެ މަގުތަކުގައާއި، މާލޭ ސަރަހައްދުގައި ފަޔަރ ވެހިކަލް، ސައިރަން އެޅުމާއެކު ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެމްއެންޑީއެފްއިން ބުނީ، މި އެކްސަސައިޒަކީ، ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަމަލުކުރަމުންދާ ފަޔަރ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން ބާއްވަމުންގެންދާ އެކްސަސައިޒެއް ކަމަށެވެ. އެގޮތުން، ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބަދީ، ފަޔަރ ފައިޓަރުން ހަރަކާތްތެރިވާއިރު، ފަޔަރ ފައިޓަރުންނަށް ލިބިފައިވާ އިލްމާއި ހުނަރާއި ވަސީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަތުމުގެ އިތުރުން، ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭނަށް ފަރިތަކުރުން މި އެކްސަސައިޒް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެކްސަސައިޒް ޖައްރާފާގެ ތެރެއިން މިއަދު ވަނީ ގެއެއްގައި ގޭސްފުޅިއެއް ގޮވުމުގެ ހާދިސާއެއް ހިނގާ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ތަމްރީނެއް މ. ތުރީ ފްރެންޑްސް ގޭގައި ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީނުގައި، އެފަދަ މައުލޫމާތެއް ލިބުމުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާނެ ގޮތް ފަރިތަކޮށްފައިވެއެވެ.

އެގޮތުން ކުރިއަށް ގެންދިޔަ ސިނާރިއޯގައި، ހާދިސާގައި ދެ މީހަކު ފިހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމުގެ ކަންކަން ފަރިތަކޮށްފައިވާ އިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަހުގީގުކުރުމުގެ މަރުޙަލާ ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: