ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުގެ މައްސަލަ ހައްލު ނުވަނީ އެމްޑީޕީގެ ސަރުކާރުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން: ސައީދު

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޑޮލަރުގެ އަގު އުފުލި، ރައްޔިތުންނަށް ޑޮލަރު ލިބުން ދަތިވެފައިވަނީ އިދިކޮޅު އެމްޑީޕީގެ ސަރުކާރުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވަލަޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު މިހެން ވިދާޅުވީ، ޑޮލަރުގެ އަގު އުފުލެމުންދާތީ، ޑޮލަރުގެ އަގު ތިރިވާނީ ކޮންއިރަކުން ތޯ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަށް ރައްޔިތުންގެ މަޖިލީހުގައި ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވަނީ ނިމިދިޔަ 19 ވަނަ މަޖިލީހުގެ ތެރެއިން ހިނގައި ދިޔަ ކަމެއްގެ ވާހަކަ މެމްބަރު އައްސަވާއިރުވެސް އެކަން ހިނގައިދިޔަ ގޮތާއި އެކަމުގެ ހަޤީގަތް މެމްބަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.

”އަޅުގަނޑު ވަރަށް މާފާއެކު ދަންނަވަން ތިބޭފުޅުން ތިއްބެވި މަޖިލީހެއްގެ ތެރޭގައި ހިނގައިދިޔަ ކަމެއްގެ ވާހަކަ މި މަޖިލީހުން ނުވަތަ މި ސަރުކާރާއި ދޭތެރޭގައި ތިޔަހެން އައްސަވާއިރު ހަމަ ރީއްޗަށް އިނގިވަޑައިގަންނަވާނެ، އެއީ ކުރީ ސަރުކާރުންކަން އެކަން ފާސްވެގެން ދިޔައީ،“ ސައީދު

މިނިސްޓަރ ވަނީ ނިމިދިޔަ 19 ވަނަ މަޖިލީހުގެ ތެރެއިން ޤާނޫނު ސަސްޕެންޑުކޮށްގެން ފައިސާ ޗާޕްކުރީވެސް އެމްޑީޕީގެ ސަރުކާރުން ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީއަށް ވެރިކަން ލިބުނު ދެ ފަހަރު ވެސް ރާއްޖޭގެ އިގްތިސާދު ފުނޑާލި ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީއިން ފައިސާ ޗާޕުކުރި އިރުވެސް އޭގެ ހިތި ނަތީޖާ ފެންނާނެކަން އެނގިވަޑައިގެންނެވިކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ، ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައިވެސް 10 ރުފިޔާއާއި 15 ރުފިޔާއާއި ދެމެދުގައި ބޭންޑެއް އެޅުވި ކަމަށާއި، އެކަމުގެ ނޭދެވޭ އަސަރު މިއަދާ ހަމައަށް ވެސް ރައްޔިތުން އުފުލަން ޖެހިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ވީ ގެއްލުން ކަމަށާއި އަދިވެސް އުޅެނީ އެކަމުން އަރައިނުގަނެވިގެން ކަމަށް ސައީދު ވިދާޅުވިއެވެ.

ޑޮލަރުގެ މައްސަލައާ ގުޅޭ ގޮތުން މިނިސްޓަރ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ޕީއެންސީއަށް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށެވެ. އެހެން ނޫންނަމަ ރާއްޖެ ބަނގުރޫޓުވުމުގެ ބިރު އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ކާމިޔާބީތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ސައީދު ފާހަގަކުރެއްވީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 1.2 ބިލިއަން ޑޮލަރުގެ ދަރަނި ސަރުކާރުން ދައްކާފައިވާ ކަމެވެ. އޭނާ ވިދާޅުވީ، ދިވެހިރާއްޖޭ ބަނގުރޫޓުނުވެ މިއޮތީ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮތުމުން ކަމަށެވެ.

ޑޮލަރުގެ މައުލޫމާތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭއިންވެސް ވަރަށް ތަފްސީލުކޮށް ކޮންމެ ހަފްތާއަކު ހިއްސާ ކުރަމުންގެންދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސައީދު ވަނީ މިވަގުތަކީ ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އިދިކޮޅު ފަރާތްތަކުންވެސް ސަރުކާރާ ގުޅިގެން އެއްބާރުލުން ދީގެން މަސައްކަތް ކުރަންވީ ވަގުތުކަމުގައި ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: