ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޯސްޓުން ރާއްޖެ ގެނައި 5 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން: -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ފަސް މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ހުރީ 3.6 ކިލޯ ކަމަށެވެ.

އެ ތަކެތި ތަހުލީލުކޮށް ބެލުމުން އެނގިފައިވަނީ އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން ކަމެވެ. އަދި ތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.

ކަސްޓަމްސްއިން މީގެ ކުރިން ބުނެފައިވަނީ މިދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން 2024 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 147 މައްސަލައެއްގައި 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވަނީ އެންމެ ޒަމާނީ ސްކޭންކުރުމުގެ މެޝިނެއް ވެސް ގާއިމްކޮށްފައެވެ. އަދި ކަނޑުމަގުން ރާއްޖެއަށް އެތެރެވާ އުޅަނދުފަހަރު ބެލުމަށް ހާއްސަ ފިޔަވަޅުތަކެއް ވެސް ވަނީ އަޅައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: