ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯނާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ޒަމާނީކުރުމުގެ ގޮތުން، އެ މުއައްސަސާގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯނާއި ބޮޑީވޯން ކެމެރާ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

ކަސްޓަމްސްގެ ހިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިފްތިތާޙުކުރި މި ވަސީލަތްތަކުގެ ތެރެއިން ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކޮށްފައިވާ އެއްޗެކެވެ.

މީގެ އިތުރުން މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ ޑްރޯންސްތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ކަސްޓަމްސް ކޮންޓްރޯލްޑް ސަރަހައްދު ބެލެހެއްޓުމާއި ބޮޑީ ވޯން ކެމެރާތަކުގެ އަލީގައި ތަހުގީގުތަކަށް ގެނެވުނު ކުރިއެރުމަކީ އަދުގެ ޒަމާނީ ކަސްޓަމްސް މުއައްސަސާތަކުގައި ހުންނަންޖެހޭ ސިފަކަމަށެވެ.

އޭގެ އިތުރުން، ޑްރޯންގެ ޒަރިއްޔާއިން އާންމުކޮށް ނުދެވޭ ހިސާބުތަކަށް އަވަހަށް ދެވި އޮޕަރޭޝަންތަކަށް ބޭނުންވާ ގައިޑަންސްއާއި އިންޓެލިޖެންސް މައުލޫމާތު އެއްކޮށް ރާއްޖެ ސަރަހަށްދަށް ވަދެ ނިކުމެ ހަދާ ބޯޓު ފަހަރާއި އުޅަނދުފަހަރުތައް ބެލެހެއްޓުމާއި ކަނޑުމަތީގައި ހިނގާ ނުރައްކާތެރި އޮޕަރޭޝަންތައް މޮނިޓަރ ކުރުމުގައި މިފަދަ ވަސިލަތްތައް ބޭނުންކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

”ޑްރޯންސްތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ކަސްޓަމްސް ކޮންޓްރޯލްޑް ސަރަހައްދު ބެލެހެއްޓުމާއި ބޮޑީ ވޯން ކެމެރާތަކުގެ އަލީގައި ތަހުގީގުތަކަށް ގެނެވުނު ކުރިއެރުމަކީ އަދުގެ ޒަމާނީ ކަސްޓަމްސް މުއައްސަސާތަކުގައި ހުންނަންޖެހޭ ސިފައެއް“ ވަޒީރު އިހުސާން ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ، ބޮޑީ ވޯން ކެމެރާ ބޭނުންކުރުމަކީ ހަމަ އެކަނި އޮޕަރޭޝަނަލް އިންޓެގްރިޓީ ހިފެހެއްޓުންނޫން ކަމަށާއި އޭގެ އިތުރުން ކަސްޓަމްސްގެ މުއައްޒަފުންގެ އިންޓެގްރިޓީ ހިފެހެއްޓުމަށްވެސް އެއީ މުހިއްމު ވަސީލަތެއްކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ، އަލަށް ތައާރަފްކުރެވުނު މި ޓެކްނޮލޮޖީގެ ސަބަބުން ކަސްޓަމްސްގެ ކޮންޓްރޯލް ސަރަޙައްދުތައް ބެލެހެއްޓުން އިތުރަށް ވަރުގަދަވެ، އެ މުއައްސަސާއަށް އޮތް އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކަސްޓަމްސްގެ ހިދުމަތްތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

”އަލަށް ތަޢާރަފްކުރެވުނު މި ޓެކްނޮލޮޖީގެ ސަބަބުން ކަސްޓަމްސްގެ ކޮންޓްރޯލް ސަރަޙައްދުތައް ބެލެހެއްޓުން އިތުރަށް ވަރުގަދަވެ، އެ މުއައްސަސާއަށް އޮތް އިތުބާރު ބޮޑުވެގެންދާނެ“ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ

މީގެ އިތުރުން، ކަސްޓަމްސްގެ 136 އަހަރުވީ ދިގު ތާރީޚުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ”އެންމެ ދުވަސްވީ މުއައްސަސާ ރެޔާއި ދުވާލު ޚިދުމަތުގައި 136 އަހަރު“ މި ފޮތްވެސް މި ރަސްމިއްޔާތުގައި ވަނީ ނެރެފައެވެ.

ހަމައެއާއެކު، ޚިދުމަތުގައި ފާހަގަކޮށްލެވޭ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން 4 އޮފިސަރަކަށް ’ރައީސުލްޖުމްހޫރިއްޔާގެ ކުލަ’، 20 އަހަރު ޚިދުމަތްކުރެއްވި 29 އޮފިސަރަކަށް ރަން ބެޖު، އަދި 28 އޮފިސަރަކަށް ކޮމިޝަނަރ ޖެނެރަލްގެ އެވޯޑު ވަނީ އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: