ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާފިއު ވަގުތުގެކުރިން، އެމްޓީސީސީން ވިލިމާލެއަށް ޝެޑިއުލްކުރާ އެންމެ ފަހު ފެރީގެ ގަޑިއަށް ބަދަލުގެނެސްފި

ވިލިމާލޭ ފެރީ ޓަރމިނަލްއަށް އެމްޓީސީސީގެ ފެރީއެއް ބަނދަރުކޮށްފައިި. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކާފިއު ވަގުތުގެކުރިން، އެމްޓީސީސީން ވިލިމާލެއަށް ޝެޑިއުލްކުރާ އެންމެ ފަހު ފެރީގެ ގަޑިއަށް ބަދަލުގެނެސްފިއެވެ.

އެމްޓީސީސީން އަންގާރަދުވަހު ކުރި ޓްވީޓެއްގައި ބުނީ، ކާފިއުގެ ވަގުތުގެ ކުރިން ޝެޑިއުލްކުރާ އެންމެ ފަހު ފެރީ މީގެފަހުން އޮންނާނީ، ހަވީރު 16:20 ގައި ކަމަށެވެ.

މީގެ އިތުރުން، އެމްޓީސީސީން ބުނީ، ޓާރމިނަލްތެރޭގައި ތޮއްޖެހުން ކުޑަކުރުމަށް ދުރާލައި ތައްޔާރުވެގެން ތިބުމަށް ރައްޔިތުންގެ ކިބައިން އެދޭކަމަށެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި މާލެއިން ވިލިމާލެއަށް ކާދިއުޔ ވަގުތުގެކުރިން އެންމެފަހު ފެރީ ޝެޑިއުލްކޮށްފައި އޮތީ ހަވީރު 16:30 ގައެވެ. މީގެ އިތުރުން އެ ކުންފުނިންވަނީ، އެއް ފެރީން ދަތުރުކުރެވޭނެ މީހުންގެ ޢަދަދު މަދުކޮށްފައެވެ. މި ގޮތުން 100 މީހުންގެ ޖާގަ ހިމެނޭ ފެރީއެއްގައި، މިހާރު ދަތުރުކުރެވޭނީ 50 މީހުންނަށެވެ. މީގެ އިތުރުން، އެ ކުންފުނިންވަނީ، އެއަރޕޯޓަށް ކުރާ ދަތުރުތައް، މެންދުރުފަހު 13:00 އިން ފެށިގެން، ހަވީރު 17:00 އަށް މެދުކަނޑާލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: