ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނީގެ ވާހަކަ ދައްކަން ސައީދު ކުފޫ ހަމައެއް ނުވޭ: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލީ އަދި އިގްތިސާދީ ސިޔާސަތު ހާލަތަށް ފެތޭ ގޮތަށް ހިންގަން މި ސަރުކާރަށް ނޭނގޭ ކަމަށާއި ދަރަނީގެ ވާހަކަ ދައްކަން ސައީދު ކުފޫ ހަމަނުވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަމަށް 3 އަހަރު ވީއިރު ޑޮލަރެއްގެ އަގު 21 ރުފިޔާއަށް އަރާފައިވަ ކަމަށެވެ. ބޭރުން ޑޮލަރެއް ހޯދޭނެ ގޮތެއް ނެތްތާގައި، ހަޒާނާއިން ކުރަނީ ބޮޑެތި އިސްރާފު ކަމަށް އޭނާ ވިދަޅުވިއެވެ.

އަމީރު ވިދާޅުވީ އިންވެސްޓަރުން ތިބީ ސަރުކާރާ ފެޔަށް ޖެހިގެން ކަމަށާއި މާލީ އިދާރާތަކުގެ އިތުބާރުވެސް ސަރުކާރަށް ގެއްލިފައިވާ ކަމަށެވެ. ބޭންކު އޮފް މޯލްޑިވްސް ފުނޑާލައި، ރައްޔިތުންގެ ފައިސާކޮޅުވެސް ސަރުކާރުން ބޭނުންކޮށްފައިވާ ކަމަށް އަމީރު ތުހުމަތުކުރެއްވިއެވެ.

އެމްޑީޕީގެ ސަރުކާރަށް ދަރަންޏަށް ފައިސާ ހޯދުނީ އިންވެސްޓަރުންގެ އިތުބާރު އޮތީމުން ކަމަށާއި މި ސަރުކާރަށް 3 އަހަރުވީއިރު ފައިސާ ދޭނެ މީހަކު ނުވި ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ހުރިހާ ސަރުކާރަކުންވެސް ދަރަނި ދައްކާ ކަމަށާއި، ޑޮލަރު ތަދުވެ ކަޅުބާޒާރު ބޮއްސުންލައި ތަކެތީގެ އަގު 30 ޕަސެންޓު އުފުލުނީ މި ސަރުކާރުގެ ނާގާބިލްކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ސައީދު ވަނީ ރާއްޖޭގެ އިގްތިސާދު ފުނޑާލާފައި ކަމަށާއި ދަރަނި ދައްކާކަށް ދަރަންޏަށް ފައިސާ ހޯދަންވެސް މިނިސްޓަރަށް އެންގިވަޑައިނުގަންވާ ކަމަށެވެ.

”މާލީ އަދި އިގްތިސާދީ ސިޔާސަތު ހާލަތަށް ފެތޭ ގޮތަށް ހިންގަން މި ސަރުކާރަކަށް ނޭނގޭނެ. ދަރަނީގެ ވާހަކަ ދައްކަން ސައީދު ކުފޫ ހަމައެއްނުވޭ،“

އަމީރު މިހެން ވިދާޅުވީ، ސައީދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރަށް ރައްދުދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ޑޮލަރު ތާށިވީ ސަރުކާރުގެ އިސްރާފު ބޮޑުވެގެން ކަމަށް އަމީރު ވިދާޅުވުމުން، ޑޮލަރު ތާށިކޮށް ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ އަމީރު ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ސައީދު ވިދާޅުވީ، އިދިކޮޅުގައި ތިބެ އެ ހުރިހާ ވާހަކައެއް ދައްކާއިރު މި މައްސަލަ ހައްލުކުރަން އިގުތިސޯދު ކުރިއަރުވަން ކުރާނެ ކަމެއް ބުނެނުދެވޭ ކަމަށެވެ. އަދި، ދެ ފަހަރު ލިބުނު ފުރުސަތުގައި ވެސް އެމްޑީޕީން ކުރި ކަމަކީ ޓޫރިޒަމަށް ބަރޯސާވެގެން އިގުތިސޯދު ކުރިއެރުވުން ކަމަށާއި އާ ކަމެއް ނުކުރެވޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: