ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަން މަޖިލީހުން އެދެނީ

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން -- ޕޮޓޯ: ރައްޔިތުންގެ މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކާ ގުޅިގެން މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގުމަށް ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

މި ނިންމުމަކީ ފެނަކައިގެ އައްޑޫ ބްރާންޗުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ނިންމި ނިންމުމެކެވެ.

ބުދަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ކުންފުނީގެ ކުރީގެ ބޯޑު މެންބަރުންނާއި އިސްވެރިން ޒިންމާދާރުކުރުވުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. މީގެ އިތުރުން، އާއިލީ ގުޅުން އޮންނަ ވިޔަފާރިތަކުން މުދާ ނުގަނެވޭ ގޮތަށް ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތައް އިސްލާހުކުރުމަށް ވެސް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

ކޮމިޓީން އިތުރަށް ނިންމާފައިވަނީ، ފެނަކައިގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ކުންފުނީގެ ފައިސާ ޖަމާވެފައިވޭތޯ ބަލައި، ކޮރަޕްޝަންގެ މައްސަލަތައް އަވަހަށް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމުރުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލަފާދިނުމަށެވެ.

ފެނަކައިގެ އައްޑޫ ބްރާންޗުގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި، އެ ބްރާންޗަށް ބިލްތަކުން ލިބެންޖެހޭ 77 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތެވެ. މިއީ ކުންފުނީގެ މާލީ ހިންގުމުގައި ހުރި ބޮޑެތި މައްސަލަތަކެއްކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ހާމަވެފައިވާ ގޮތުގައި، ލިޔެކިޔުންތައް ފޯޖުކޮށްގެންނާއި އާއިލީ ވިޔަފާރިތަކުން މުދާ ގަނެގެން ކުންފުނީގެ ފައިސާއަށް ބޮޑެތި ހިޔާނާތްތަކެއް ވެފައިވެއެވެ. މިކަންކަމަކީ ކުންފުނީގެ މާލީ ނިޒާމުގެ ތެރެއިން ނަހަމަ ގޮތުގައި ފައިދާ ހޯދުމަށް ހިންގާފައިވާ އަމަލުތަކެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: