ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން ތަރައްޤީކުރާނީ ނޯތު ހާބަރުން ރަސްފަންނާ ދެމެދު އޮތް ސަރަހައްދު: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ދެން އެންމެ އަވަހަށް މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ދެމެދު އޮތް ސަރަހައްދުގައި ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއީ މާލޭގެ ބޭރުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

”ދަ ޕަލްސް“ ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވި ގޮތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު އޮތް ސަރަހައްދުގެ މަސައްކަތްތައް ނިމި، އަންނަ ހަފުތާގައި އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލެވޭނެއެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރަމުންދަނީ ދެކޮޅަށް ދުއްވޭ ގޮތަށް ދެ ލޭނު ހިމެނޭހެން މަގު ފުޅާކޮށްގެންނެވެ. މި ބަދަލާއެކު މާލޭގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މަގު ތަރައްޤީކުރުމުގެ އިތުރުން، މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށްވެސް ވަނީ މަސައްކަތްތަކެއް ކުރެވިފައެވެ. އެގޮތުން ބޭރު މަގުން ބައެއް ހިއްކައިގެން، ގާތްގަނޑަކަށް 500 ސައިކަލު ޕާކުކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ސަރުކާރުގެ އަމާޒަކީ ހަމައެކަނި މަގު ފުޅާކުރުން ނޫންކަން ފާހަގަކުރަމުން، މަގުގެ ދެފަރާތުގައި ރީތި ގަސްތައް އިންދައި، ހިނގާބިނގާވެ އުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލަކަށް އެ ސަރަހައްދު ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މިއީ މާލޭގެ ތިމާވެށި ރީތިކޮށް، ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: