ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނެ ގޮތަށް އަންނަ ސެޕްޓެމްބަރުގައި ޕޯޓަލްއެއް ލޯންޗްކުރަނީ!

ސްޓޭޓް ފާމާ ކުންފުނީގެ ބޭސް ފިހާރައެއް (ފޮޓޯ/ސްޓޭޓް ފާމާ)
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނޭ ގޮތަށް ގާއިމުކުރާ ހާއްސަ ޕޯޓަލްއެއް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގާއިމްކުރާނެ ކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން (ސްޓޭޓްފާމާ) ބުނެފިއެވެ.

ސްޓޭޓްފާމާއިން ހިއްސާކުރި މައުލޫމާތުގައި ވަނީ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި އެ ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނޭ ގޮތަށް ގާއިމުކުރާ ހާއްސަ ޕޯޓަލްއެއް އަންނަ ސެޕްޓެމްބަރު މަހުގައި ލޯންޗުކުރާނެ ކަމަށެވެ. އެކުންފުނިން ބުނެފައިވަނީ ލިބެން ހުންނަ ފާމަސީތައް ނޭނގުމަކީ، ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ އެއް ކަންތައް ކަމަށެވެ.

އެ ޕޯޓަލް އަކީ، ކޮންމެ ތަނަކު ހުރެގެންވެސް ރައްޔިތު މީހާއަށް، ބޭނުންވާ ބޭސް ލިބެން ހުންނަ ފާމަސީއާއި އެ ބޭސް ލިބެން ހުންނަ އަގު ބަލާލެވޭނެ ގޮތަށް ފަރުމާކުރަމުންދާ ޕޯޓަލްއެއް ކަމަށް ސްޓޭޓްފާމާއިން ވަނީ ބުނެފައެވެ.

”އަޅުގަނޑުމެން ކުންފުނިން މި ކުރާ މަސައްކަތަކީ، ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ދެނެގަނެ، އެކަމަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތް.“

ބޭސް ނުލިބުމުގެ ޝަކުވާތައް ގިނަވެ އެކަމަށް ހައްލުތަކެއް ހޯދުމަށް ސްޓޭޓްފާމާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބޭސް ލިބުމުގައި ހުރި މައްސަލަ ހައްލުކުރެވޭނީ، ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ އެނގިގެން ކަމަށާއި އެކަން އެނގޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން، ބޭސް ހުސްވުމުގެ މައްސަލަ ހައްލުކުރެވެން އޮތީ ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި އެ ތަކެތީގެ އަދަދު ދުރާލާ ދެނެގަނެވިގެން ކަމަށާއި އެގޮތުން މިކަމަށް ޓަކައި މިހާރު ކުރިއަށްދާ ”އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް ސިސްޓަމާއި، އީ-ލޮޖިސްޓިކްސް ސިސްޓަމް“ ގާއިމުކުރުމުގެ ފުރަތަމަ ފިޔަވަހި ނިމިދިޔަ ހަފްތާގައި ނިމިފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

ބޭސް ލިބުމުގައި ހުރި ދަތިތައް ނައްތާލުމަށް އެ ކުންފުނިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިއްސާކުރެއްވަމުން ޑރ. ޝާހު މާހިރު ވިދާޅުވީ، މިހާރު މަދުވާ ބޭސްތަކަށް އެކުންފުނިން އޯޑަރު ޖަހަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: