ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖާޖީންނަށް ބޭނުންވާ ސިއްހީ ސާމާނާއި ބޭސް ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ސްޓޭޓްފާމާ އާއެކު މަޝްވަރާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖާއި އުމްރާގެ އަޅުކަމަށް ފުރާ ދިވެހި ހައްޖާޖީންނަށް ބޭނުންވާ ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ އިސްވެރިން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) ގެ މެނޭޖްމަންޓާ މިއަދު މަޝްވަރާކޮށްފިއެވެ.

ސްޓޭޓްފާމާއިން ބުނެފައިވަނީ އެ ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ހައްޖުވެރިންނަށް ބޭނުންވާ ޒަރޫރީ ބޭހާއި ސިއްހީ ސާމާނު ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގައި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކަމާ ގުޅޭ އިންތިޒާމުތައް ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދިއުން ކަމަށެވެ.

އެ ބައްދަލުވުމުގައި ހައްޖު ކޯޕަރޭޝަނުން ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ހައްޖާޖީންނަށް ބޭނުންވާ ބޭސް ހޯދަމުން އައީ އެކި ފަރާތްތަކުން ކަމަށް ސްޓޭޓްފާމާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް، ބޭސް ހޯދުމުގެ ކަންކަން އެއް ނިޒާމެއްގެ ދަށުން މިއަށްވުރެ ރަނގަޅަށް އިންތިޒާމުކުރުމަށް ޓަކައި، ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ގަތުމަށް އެ ކޯޕަރޭޝަނުން ޝައުގުވެރިވާކަން ހާމަކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ބޭހާއި ސިއްހީ ސާމާނު ފޯރުކޮށްދޭ މައި ކުންފުނީގެ ހައިސިއްޔަތުން، ސްޓޭޓް ފާމާއަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެންވަރު ރަނގަޅު ބޭހާއި ސިއްހީ އާލާތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ ކުންފުންފުންޏެކެވެ. އެހެންކަމުން، ހައްޖު ކޯޕަރޭޝަނާއެކު ގާއިމުކުރެވޭ އެ ގުޅުމަކީ، ގައުމީ މުއައްސަސާތަކަށް ބޭނުންވާ ސިއްހީ ސާމާނު ފޯރުކޮށްދިނުމުގައި ސްޓޭޓްފާމާއަށް އެހީތެރިވެދެވޭނެ މުހިންމު އިތުރު ދާއިރާއެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ބައްދަލުވުމުގައި ދެ ފަރާތުގެ މެދުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ، ހައްޖު އަދި އުމްރާ ދަތުރުތަކުގައި ދިވެހިންނަށް އެންމެ ފުރިހަމަ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޓަކައި، ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދުމުގެ ކަންކަން ދެމެހެއްޓެނިވި އަދި ހަރުދަނާ އުސޫލަކުން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން ކަމަށް ސްޓޭޓްފާމާއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: