ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖުވެރިން އަންނަން ފަށާތީ އެއާޕޯޓަށް ދާ މީހުން ފެރީ އަދި ބަސް ބޭނުންކުރަން އެދިއްޖެ

ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު، ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާ ދުވަސްވަރު އެއާޕޯޓުގެ ޓްރެފިކް ބާރުބޮޑުވާނެތީ، އެއާޕޯޓަށް ދާ ފަރާތްތަކުން އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، ހައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތައް ކަމުގައިވާ ޖޫން 5، 7، 8 އަދި 9 ގައި ހައްޖާޖީން އަދި ހައްޖާޖީން ބަލައި އެއާޕޯޓަށް ދާ ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ދަތުރުވެރިންނާއި އެއާޕޯޓަށް ވަޑައިގަންނަވާނެކަމަށް ލަފާކުރެވޭތީވެ އެ ދުވަސްތަކުގައި ދަތުރުވެރިން އިތުރަށް ސަމާލުވުމަށް ވަނީ އަންގާފައެވެ. އަދި އެ ދުވަސްތަކުގައި އެއާޕޯޓަށް ވަޑައިގަންނަވާ ފަރާތްތަކުން ފެރީ ނުވަތަ އެއާޕޯޓްގެ ބަސް ބޭނުންކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ކުންފުނިން ބުނީ، އެއާޕޯޓުގެ ޓްރެފިކް އިތުރުވުމުގެ ސަބަބުން ޕާކިންގް ހޯދުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އެހެންކަމުން، އެއާޕޯޓަށް ދާ ފަރާތްތަކުންނާއި ދަތުރުވެރިން އެކަމަށް ޚާއްސަ ސަމާލުކަމެއް ދީ، ބަސް ނުވަތަ ފެރީގެ ޚިދުމަތް ބޭނުންކުރުމަށް ވަނީ ބާރުއަޅާފައެވެ.

ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ. މިގޮތުން ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކަކީ

  • 05 ޖޫން ވާ ހުކުރު ދުވަހު 14:00
  • 07 ޖޫން ވާ އާދިއްތަ ދުވަހު 17:40 
  • 08 ޖޫން ވާ ހޯމަ ދުވަހު 14:00
  • 09 ޖޫން ވާ އަންގާރަ ދުވަހުގެ 10:00

މި އަހަރު ރާއްޖެއިން ހައްޖަށް ދިޔައީ 1،019 ހައްޖުވެރިންނެވެ. އެ މީހުން އެނބުރި އަންނާނީ މޯލްޑިވިއަން އާއި ސައުދީ އެއާލައިންގެ ފްލައިޓްތަކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: