ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫއުތައް ހުއްޓާލަން އެމްޑީޕީގެ ޗެއާ ވިދާޅުވާއިރު މެމްބަރުން ވިދާޅުވަނީ ކުރިއަށް ގެންދަން؛ ކޮންމެވެސް އެކައްޗެއް ކިޔާ: މުއްތަލިބް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވަނީ މަޝްރޫއުތައް ހުއްޓާލުމަށް ކަމަށާއި އެހެންނަމަވެސް މެމްބަރުން ވިދާޅުވަނީ މަޝްރޫއުތައް ކުރިއަށް ގެންދަން ކަމަށާއި، އެމްޑީޕީން މިކަމުގައި ކޮންމެވެސް އެކައްޗެއް ކިޔަންވެއްޖެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވދިާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހުށައެޅުއްވި ދެވަނަ ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އޭނާ އެއްސެވީ، ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ވަކި މުއްދަތެއްގައި މަޝްރޫއުތައް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވަނީ ކީއްވެތޯއާއި އަދި އެފަދަ މަސައްކަތްތައް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށްފަހު ކުރިއަށް ނުގޮސް ހުއްޓެނީ ކީއްވެތޯއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ މުއްތަލިބް ވިދާޅުވީ ރައީސް ރަށްރަށަށް ވަޑައިގެން އެހެން ވާހަކަފުޅު ދައްކަވާ ސަބަބަކީ ހަމަ ހަގީގަތުގައިވެސް ރައްޔިތުންނަށް އެ މަޝްރޫއުތައް ނިންމައި ހިދުމަތްތައް ދިނުމަކީ އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވަން ބޭނުންފުޅުވާ ކަމަކަށް ވާތީ ކަމަށެވެ. އެހެންނަމަވެސް ހުއްޓިފައިވާ މަޝްރޫއުތައް ގިނަ ކަމަށާއި، އެ މަޝްރޫއުތައް ހުރި ހާލަތާއި އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެތައް ދަތިތަކެއް ދިމާވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

”ތިބޭފުޅުންގެ ޕާޓީގެ ޗެއާޕާސަން އެބަ ވިދާޅުވޭ މަޝްރޫއުތައް ހުއްޓާލާށޭ، ކުރިއަށް ގެންދާނެ ކަމެއް ނެތޭ. އެކަމަކު ތިބޭފުޅުން މަޖިލީހަށް އައިސް ވިދާޅުވަނީ ނޫނެކޭ ހުރިހާ މަޝްރޫއުތަކެއް އަވަހަށް ކުރިއަށް ގެންދާށޭ. ކޮންމެސް އެކައްޗެކޭ ވިދާޅުވާންވީ ނޫންތޯ؟ ހުއްޓާލަންޏާ ހުއްޓާލަންވީ ކުރިއަށް ގެންދަންޏާ ކުރިއަށް ގެންދަންވީ، އެހެންނޫންތޯ؟“

މީހާރު އޮތް ހާލުގައި ކަންކަން ކުރިއަށް ގެންދާއިރު، ދަތިތަކާއި ކުރިމަތިވާނެ ކަމަށާއި އެ ދަތިތަކުގެ ތެެރެއިންވެސް، އެމްޑީޕީގެ ސަރުޚާރުން ފަށާފައިވާ އެއްވެސް މަޝްރޫއުއެއް ހުއްޓާނުލާ މި ސަރުކާރުގެ އެޖެންޑާ ތެރޭގައިވާ ހުރިހާ މަޝްރޫއުއެއްވެސް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: