ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގައި މީހުން އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރަން ނަޝީދާއި ޔާމީން އެ ސިޓީއަށް ވަޑައިގަންނަވަނީ

ތިން ރައީސުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދާއި ރައީސް ޔާމީން -- ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫގައި މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސުން މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އެ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ރަށުގައި މީހުން އާބާދުތިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައީސް ނަޝީދުގެ އިތުރުން ރައީސް ޔާމީނަށް ވެސް ދައުވަތު ދެއްވާފައިވާއިރު، މިހާތަނަށް ދައުވަތު ގަބޫލުކުރައްވާފައިވަނީ ރައީސް ނަޝީދާއި ރައީސް ޔާމީން ކަމަށެވެ.

މި މަހުގެ 22 ވަނަ ދުވަހު ތިނަދޫގައި މީހުން އަލުން އާބާދުވިތާ 60 އަހަރު ފުރޭއިރު، ރައީސް ނަޝީދާއި ރައީސް ޔާމީން އެ ސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

”އާބާދީ 60″ގެ ނަމުގައި ކުލަގަދަކޮށް އެ މުނާސަބަތު ފާހަގަކުރަން ތިނަދޫ ސިޓީ ކައުންސިލުން ނިންމާފައިވާއިރު، އެ ދުވަހަށް ހާއްސަ ރަސްމީ ޖަލްސާއެއް ބާއްވަން ވަނީ ނިންމައިފައެވެ. އެ ޖަލްސާގައި ތިނަދޫގެ ފާހަގަކޮށްލެވޭ ހިދުމަތްތެރިންގެ އަގުވަޒަންކުރާނެއެވެ.

އޭގެ އިތުރުން ސަގާފީ ހަރަކާތްތަކާއި، ފޮޓޯ މައުރަޒާއި، ފުޅަނދުބުރާއި ދިދަ ނެގުމާއި ގަސް އިންދުން ފަދަ ހަރަކާތްތައް ހިންގަން ވަނީ ނިންމައިފައެވެ. އެ ހަރަކާތްތައް ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެއެވެ.

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ދެކުނުގެ އަތޮޅުތައް ގުޅިގެން އުފެއްދި ޔުނައިޓެޑް ސުވަދީވް ރިޕަބްލިކްގެ ހަރަކާތްތައް ހުއްޓުވަން ސިފައިން ފޮނުވައިގެން ތިނަދޫން މީހުން ބާލައި ފަޅުކުރީ ފެބްރުއަރީ 4، 1962 ގައެވެ. އަދި އަލުން އެ ރަށް އާބާދުކުރަން ފެށީ އޮގަސްޓް 22، 1966 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: