ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނާއި، ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ މައުލޫމާތު ފެތުރުމުގައި ސަމާލުވުމަށް މީޑިއާ ކޮމިޝަނުން އިލްތިމާސްކޮށްފި

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނާ ގުޅޭ މައުލޫމާތުތައް ރިޕޯޓުކުރުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާތަކަށް އިލްތިމާސްކޮށްފި އެވެ.

މީޑިއާ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މުޖުތަމައުގައި ހިނގާ އެކި ހާދިސާތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މީޑިއާގެ އިޖުތިމާއީ ޒިންމާއެއް ނަމަވެސް، އެކަން ކުރަންވާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރޭގައި ކަމަށެވެ. ހާއްސަކޮށް ކުޑަކުދިންނާއި، އެކުދިންގެ ބެލެނިވެރިން އަދި ނާޒުކު ހާލަތްތަކުގައިވާ މީހުންގެ އަބުރާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް އަމަލުކުރުމަށް ނޫސްވެރިންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމިޝަނުން ބުނި ގޮތުގައި، ކުޑަކުދިންނާއި ނާޒުކު ފަރާތްތައް ދެނެގަނެވިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ވަނަވަރެއް އާންމުކުރަންވާނީ ގާނޫނީ އުސޫލުތަކުގެ ތެރެއިން، ކަމާބެހޭ އިދާރާތަކުން ރަސްމީކޮށް ހާމަކުރާ މައުލޫމާތަށް ބިނާކޮށެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވާ ޔަގީންނުވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ހަބަރުތައް ގެނައުމުގެ ބަދަލުގައި، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު މެނުވީ ހަބަރު ފެތުރުމަކީ މަސްލަހަތު ހުރި ގޮތް ނޫންކަމަށް ބަޔާނުގައިވެއެވެ.

މީޑިއާ ކޮމިޝަނުން މިފަދަ އިރުޝާދެއް ދީފައި ވަނީ، ދާދިފަހުން އުފަންވި ތުއްތު ކުއްޖަކު މަންމަގެ ނުރުހުމުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައެއް ސޯޝަލް މީޑިއާގައި ބޮޑު ބަހުސަކަށް ވެފައިވާ ދަނޑިވަޅެއްގައެވެ. އެ ކުއްޖާގެ މަންމަ ބުނެފައި ވަނީ އޭނާގެ ނުކުޅެދުންތެރިކަމެއް ހުރިކަމަށް ބުނެ، ދަރިފުޅު ވަކިކޮށް އެހެން އާއިލާއަކާ ހަވާލުކުރަން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

ނަމަވެސް، މި މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީން ބުނީ، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންދަނީ އާއިލާގެ ތެރެއިން އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ހާލަތެއް މެދުވެރިވުމުން އެކަނި ކަމަށެވެ. މި ހާދިސާ މިހާރު ހިއުމަން ރައިޓްސް ކޮމިޝަނުން (އެޗްއާރުސީއެމް) ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: