ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި އިންޑިޔާއިން އަންނަނީ ޒަމާންވީ އެކުވެރިކަން ދަމަހައްޓަމުން: ނައިބު ރައީސް

ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި އިންޑިޔާއިން ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ދަމަހައްޓަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އިންޑިޔާގެ މިނިވަންކަމަށް 80 އަހަރު ފުރުމުގެ މުނާސަބަަތުގައި އެގައުމުގެ ވެރިންނާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި މީސްމީޑިޔާގައި ޝާއިއުކުރެއްވި މެސެޖުގައެވެ. ނައިބުރައީސް ވިދާޅުވީ އިންޑިޔާގެ 80 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ހެޔޮ އެދުންތަކާއި މުބާރަކުބާދީ އަރިސްކުރައްވާ ކަމަށާއި އަދި ރާއްޖެއާއި އިންޑިޔާއިން ހިއްސާކުރާ ގުޅުމަކީ ފުން އަދި އެކި ދެމިގެންގޮސްފައިވާ ވިލުންތެރި އެކުވެރި ގުޅުމެއް ކަމަށެވެ. އަދި އިންޑިޔާއަށް ދެމިގެންދަނވި ސުލްހައާއި ކުރިއެރުމާއި ތަނަވަސްކަން ކުރިއަށް އޮތް އަހަރުތަކުގައި ލިބުމަށް އެދިވަޑައިގަންނަވާކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރަކު އޯގަސްޓު މަހުގެ 15 ވަނަ ދުވަހު އިންޑިޔާގެ މިނިވަންދުވަސް ފާހަގަކުރަނީ 1947 ވަނަ އަހަރު އިނގިރޭސީންގެ އިސްތިއުމާރުން ސަލާމަތްވެ މިނިވަންކަން ލިބި މުސްތަގިއްލު ދައުލަތެއް އިންޑިޔާގައި ގާއިމުކުރެވުނު ތާރީހީ މުނާސަބާ އިހުތިފާލުކުރުމުގެ ގޮތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: