ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ޖަލްސާއެއް މިއަދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދަށް ތާވަލުކޮށް، މޯލްޑިވްސް ޕާލް ރެޒިޑެންސްގެ ގަރާރަށް ބަހުސްކުރުމާއި ތަޢުލީމީ ދާއިރާއިން ޖީއެސްޓީ އިސްތިސްނާކުރުމާ ގުޅޭ ބިލުގެ މަސައްކަތްތައް އެޖެންޑާކޮށްފިއެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މުހިންމު ކަންކަމުގެ ތެރޭގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުމާއި އިބްތިދާއީ ބަހުސް ހިމެނެއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ދާއޫދެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އެޑިއުކޭޝަން ޕްރޮގްރާމްތަކާއި، އޮފްޝޯރ ކެމްޕަސްތައް އަދި ފްރެންޗައިޒް ޕްރޮގްރާމްތައް މެދުވެރިކޮށް ދެވޭ ތަޢުލީމީ ޚިދުމަތްތަކުން ޖީއެސްޓީ އިސްތިސްނާކުރުމެވެ. މިހާރު ޤާނޫނު އޮންނަ ގޮތުން ޓެކްސް އިސްތިސްނާވަނީ ހަމައެކަނި ރާއްޖޭގެ ތަޢުލީމީ މުއައްސަސާތަކުން ދޭ އަސާސީ ޚިދުމަތްތަކުން ކަމަށްވާއިރު، މި އިޞްލާޙުގެ ސަބަބުން ބޭރުގެ ޔުނިވަރސިޓީތަކާ ގުޅިގެން ރާއްޖޭގައި ހިންގާ ޕްރޮގްރާމްތަކުގެ އަގު ހެޔޮވެގެންދާނެއެވެ.

މީގެއިތުރުން، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދު ހުށަހެޅުއްވި ”މޯލްޑިވްސް ޕާލް ރެޒިޑެންސް“ އާ ގުޅޭ ޤަރާރަށް ބަހުސްކުރުން ވެސް ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ. މި ޤަރާރުގައި ގޮވާލާފައިވަނީ ބިދޭސީންނަށް ދާއިމީ ރެޒިޑެންސީ ދޫކުރަން ސަރުކާރުން ހިންގާ ޕްރޮގްރާމް ހުއްޓާލައި، އެ ޕްރޮގްރާމާ ގުޅޭ އެންމެހައި އެއްބަސްވުންތައް ދެ ހަފުތާގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށެވެ.

ޑރ. ޝަމްހީދު ހުށަހެޅުއްވި ޤަރާރުގައި ފާހަގަކުރައްވާފައިވަނީ، ބިދޭސީންނަށް ދިރިއުޅުމުގެ ހުއްދަ ދޫކުރުމަކީ އިމިގްރޭޝަނާއި، ޤައުމީ ސަލާމަތާއި، ޓެކުހާއި، ރާއްޖޭގެ ބިންތަކާއި ދައުލަތުގެ މާލިއްޔަތާ ސީދާ ގުޅިފައިވާ ސިޔާދަތީ ބާރެއް ކަމަށްވާތީ އެއީ މަޖިލީހުގެ ބެލެނިވެރިކަމުގެ ދަށުން ހިނގަންޖެހޭ ކަމެއް ކަމަށެވެ. އަދި މި ޕްރޮގްރާމަކީ މަޖިލީހުން ފާސްކުރި ޤާނޫނަކުން ޤާއިމުކުރި އެއްޗެއް ނޫން ކަމަށާއި، މިދިޔަ އަހަރުގެ ޖުލައި މަހު ސިންގަޕޫރުގެ ހެންލީ އެންޑް ޕާޓްނާސްއާ އެކު ސޮއިކުރި އެއްބަސްވުމުގެ މާލީ އަދި ޤާނޫނީ ޝަރުތުތައް ހާމަކޮށްފައި ނުވާ ކަމަށްވެސް އެ ޤަރާރުގައި ބަޔާންކޮށްފައިވެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: