ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނެގުމުގެ ސަބަބުން ދިވެހިންނަށް ކުރާނީ ފައިދާ: އިބްރާހިމް ހުސެން

ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެން
ޝެއާރކޮށްލާ ކަހަލަދޯ؟

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވޭ އިސްލާހުގެ ސަބަބުން ރާއްޖެއިން ބޭރުގެ ބޮޑެތި ޓްރެވަލް އޭޖެންސީތަކުން ބުކިންގ ހަދައިގެން ފައިދާ ނަގަމުންދިޔަ ދިއުމަށް ހުއްޓުމެއް އައިސް، ފަތުރުވެރިކަމުން ލިބޭ ފައިދާ ސީދާ ދިވެހިންނަށް ހުޅުވިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެން ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު ޖީއެސްޓީގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ތާއީދުކުރައްވާ ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ، މިއަދު ފެނިގެންމިދަނީ ރާއްޖެއަށް ޤުދުރަތީގޮތުން ލިބިފައިވާ ނިއުމަތްތައް ޤާނޫނަކުން ހެޔޮގޮތުގައި ބޭނުންކުރާތަން ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުން އެތައް ދުވަހެއް ވަންދެން އެދިއެދި ތިބި އިސްލާހެއް ކަމަށާއި، މީގެ ކުރިން ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަން ބޭނުންކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއިން ލިބެމުންދިޔަ ފައިދާއިން ގައުމަށް އެއްވެސް ނަފާއެއް ނުލިބި އޮތް އޮތުމަށް މިއަދު ހުއްޓުމެއް އައިސްފައިވާ ކަމަށް އޭނާ ސިފަކުރެއްވިއެވެ.

”އަޅުގަނޑުމެން ދިވެހީން އެތައް ދުވަހެއް ވަންދެން އެދިއެދި ތިބި ކަމަކަށް ހައްލުތަކެއް ލިބިގެންދިޔަ ދުވަހެއްގެ ގޮތުގައި މިއަދު އަޅުގަނޑަށް ފާހަގަވަނީ،“ މެމްބަރު އިބްރާހިމް ހުސެން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބޭ މަންފާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ނުގެނެވި އެތަކެއް އަހަރުތަކެއް ފާއިތުވެގެން ދިއުމަކީ ބޮޑު ހިތާމައެއް ކަމަށެވެ.

”ރާއްޖޭގައި އޮންލައިން ބުކިންގ ހެދުމުގެ ދޮރު ހުޅުވިގެން ދިއައިރު އަޅުގަނޑުމެން ތިބީ ނިދާފަތޯ؟ މިޤައުމުގައި ޓްރެވަލް އޭޖެންސީތަކުން ފަތުރުވެރިން ރާއްޖެ ގެނައުމަށް މަސައްކަތް ކުރާ އެތަކެއް ފަރާތްތަކެއް ބަނގުރޫޓުވެގެން ދިޔައިރު ކޮބާއިތޯ ސަރުކާރުތައް؟ ކޮބައިތީ އަޅުގަނޑުމެންގެ ވެރިން؟“ މިފަދައިންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރަމުންދިޔަ ޓުއަރ އޮޕަރޭޓަރުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ބަނގުރޫޓުވި މައިގަނޑު ސަބަބަކީ ބޭރުގެ އޭޖެންސީތަކުން ނަހަމަ ގޮތުގައި ފައިދާ ނަގަމުންދިޔައިރު މީގެ ކުރީގެ އެއްވެސް ސަރުކާރަކުން އެކަން ހުއްޓުވާފައި ނުވުންކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މި އިސްލާހާއެކު ރާއްޖޭގައި އަމިއްލަ ޓްރެވަލް ބުކިންގ ސިސްޓަމްތައް ޤާއިމުކުރެވި، 100 ޕަސެންޓު ނަފާ ދިވެހިންނަށް ލިބޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، ފަތުރުވެރިކަމުން ލިބޭ ނަފާ ހުރިހާ ދިވެހި ރައްޔިތުންނަށް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވައި، މިއަދަކީ ޓޫރިޒަމް ދާއިރާގެ ގިނަ ފަރާތްތަކަކަށް އުފާވެރިކަން ގެނެސްދިން ދުވަހެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: