ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޫޑެންޓް ލޯނު އަނބުރާ ހޯދުމުގެ ހަރުދަނާ ނިޒާމެއް 90 ދުވަހުގެ ތެރޭގައި އެކުލަވާލަން މިނިސްޓްރީއަށް އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން : ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސްޓޫޑެންޓް ލޯން ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ފައިސާ އަނބުރާ ހޯދުމަށް ހަރުދަނާ ނިޒާމެއް ގާއިމުކޮށް، އެކަމުގެ ތަފްސީލު 90 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ނިންމީ، އެޑިއުކޭޝަން މިނިސްޓްރީގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު، އެ ރިޕޯޓުން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް ހުށަހެޅި އިސްލާހީ ފިޔަވަޅުތަކުގެ ރިޕޯޓް ފާސްކުރުމާ ގުޅިގެންނެވެ.

އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި، 2022 ވަނަ އަހަރުގެ ނިޔަލަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތަކުގެ ތެރެއިން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ އަދަދު 190 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރައެވެ. މީގެ ތެރެއިން އޭރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބަލަހައްޓަމުން ދިޔަ ލޯނުތަކަށް ލިބެންޖެހޭ 81.5 މިލިއަން ރުފިޔާ ހޯދުމުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައި ނުވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ. އަދި މިގޮތަށް ނުލިބި ހުރި ފައިސާއަކީ އެ މިނިސްޓްރީން ދޫކޮށްފައިވާ ޖުމްލަ ލޯނުތަކުގެ 60 އިންސައްތަކަންވެސް ވަނީ ހާމަވެފައެވެ.

މި މައްސަލަތަކާ ގުޅިގެން މަޖިލީހުން ފާސްކުރި ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، ލޯނު އަނބުރާ ދައްކަންޖެހޭ ދަރިވަރުންނާއި މުއްދަތު ހަމަވެ ފައިސާ ނުދައްކާ ތިބި ފަރާތްތަކަށް ގަވާއިދުން ނޯޓިސް ފޮނުވޭނެ ހަރުދަނާ އުސޫލެއް ގާއިމުކުރަން ޖެހޭ ކަމަށެވެ. އަދި ފައިސާ ހޯދުމުގެ ކަންކަން މިހާރަށްވުރެ ރަނގަޅަށް މޮނިޓަރ ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން މިނިސްޓްރީއަށް ވަނީ އަންގާފައެވެ. އަދި އެ މައުލޫމާތު މާލިއްޔަތު ކޮމިޓީއާ ހިއްސާކުރުމަށްވެސް މަޖިލީހުން ފާސްކުރި ރިޕޯޓުގައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: